ވެނެޒުއޭލާއިން އެމެރިކާއާ އެކު އޮންނަ ޚާރިޖީ ގުޅުން ކަނޑާލަނީ!

24 Jan 2019 | 14:16

ވެނެޒުއޭލާގެ ލީޑަރ ނިކޮލަސް މާރޑޫރޯ ވަނީ އެމެރިކާއާއެކު އޮންނަ ޚާރިޖީ ގުޅުން ކަނޑާލައިފިކަމަށް ވިދާޅުވެ މިއަދުގެ ވަގުތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ ކުރިން އެމެރިކާގެ ޓްރަމްޕް ސަރުކާރުން ވަނީ، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރ ހުއާން ގުއައިޑޯ އެގައުމުގެ ވަގުތީ ރައީސެއްގެ ގޮތުގައި ޤަބޫލުކުރާކަމަށް އިއުލާންކޮށްފައެވެ.

މާރޑޫރޯ ވަނީ އެގައުމުގައި ޙަރަކާތްތެރިވާ އެމެރިޗަ ގެ ހުރިހާ ޚާރިޖީ މުވައްޒިފުންނަށް ވެނެޒުއޭލާ ދޫކޮށް ދިޔުމަށް 72 ގަޑިއިރުގެ މުހުލަތެއް ދެއްވާފައެވެ. މިއަށް ރައްދުދީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ވަނީ މާރޑޫރޯގެ އެންގުމާ ދެކޮޅުހަދާނެކަމަށް ހާމަކޮށްފައެވެ. އަދި ކެނެޑާގެ އިތުރުން ލެޓިން އެމެރިކާއަށް ނިސްބަތްވާ ބައެއް ސަރުކާރުތަކުންވެސް ވަނީ ގުއައިޑޯގެ ވަގުތީ ރައީސްކަން ޤަބޫލުކުރާން ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ވެނެޒުއޭލާގެ އަވާށްޓެރި ގައުމުތަކަށް ކަމަށްވާ ބްރެޒިލް އަދި ކޮލޮމްބިއާގެ ސަރުކާރުތައް ހިމެނެއެވެ.

ވަގުތީ ރައީސްކަމަށް ދަޢުވާކުރާ ގުއައިޑޯ ވަނީ ވެނެޒުއޭލާއަށް އަމާންކަން ގެނައުމަށްޓަކައި ވެރިކަމުގެ ބާރުތަށް ލިބިގަންނާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. 

ގުއައިޑޯގެ މި ނިންމުމުން، ވެނެޒުއޭލާގައި ދެވަނަ އިދިކޮޅު ސަރުކާރެއް އުފެދިދާނެކަމާމެދު މާހިރުން ދަނީ ކަންބޮޑުވެ ސުވާލުއުފައްދަމުންނެވެ. އަދި ހަމަ އެއާއެކު ވެނެޒުއޭލާގެ ލީޑަރ މާޑޫރޯގެ ސަރުކާރަށް ތާޢީދުކޮށް، ރަޝިއާއިން ވަނީ ފާޅުގައި އެގައުމުށް ހަނގުރާމަމަތީ ވައިގެ އުޅަނދު ތަކެއް ފޮނުވާފަކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލައާ ގުޅިގެން، ވެނެޒުއޭލާގެ ތެޔޮ ވިޔަފާރިއާ ދެކޮޅާށް މާލީ ފިޔަވަޅު އެޅުމަށް އެމެރިކާ ސަރުކާރުން ތައްޔާރުވަމުންދާކަމުގެ ޙަބަރުތަކެއް ފެތުރިފައިވެއެވެ.

Advertisement

ކޮމެންޓް