ގޭންގް ސްޓާރ -7-

31 May 2020 | 06:31

ދުވަހަކީ އަހަރެންނަށް ދެވުނު ތިންދުވަހުގެ ޗުއްޓީގެ ފަހު ދުވަހެވެ. ޖެހިގެން އޮތް ދުވަހު އާ މަގާމް ފުރުމަށް އަހަރެން ނުކުންނަންޖެހޭތީ ވިޔަފާރިކޮއްލުމަށް ނުކުތީމެވެ. ލާނެ ރީތި ގަމީހަކާ ބޫޓަކާއެއްޗެހި ގަނެލަން މުޅި މަޖިދީމަގު ހާވަންފެށީމެވެ. ފިހާރަކައަކަށްފަހު ފިހާރައެއް ބަލަމުންގޮސް ފިހާރަތައް ހުސްވިއިރުވެސް ކަމުދާ ކަހަލަ އެއްޗެއް ނުފެނުނެވެ. ވަރުބަލި ފިލުވާލަން ވެސްޓަން ޔޫނިއަން ކައިރީ އިން ކެފޭއަކަށްވަދެ ޖައްސާލީމެވެ. ބުއިމަކަށް އޯޑަރު ދީފައި ހަމަޖެހިލިތަނުން ކެފޭކައިރީ ބަޔަކު ޒުވާބުކުރާހެންހީވެގެން ވެގެން އުޅޭޭގޮތް ބަލާލަން ބޭރަށް ނުކުމެލީމެވެ. އެއިރު ލިޒަޑްއާ ބެންޖީ ދިޔައީ އެކަކު އަނެކަކާ ޒުވާބު ކުރަމުންނެވެ. އަހަރެން ފެނުމާއެކު ލިޒަޑް އަހަރެން ކައިރީ އައިސްލަން އެދުނެވެ. އައުމާއެކު ފަތިވަރު އަމުނާލީ އެހެނަކުންނޫނެވެ.

ލިޒަޑް : ޗަކޯގެ ލާރި ހޯދުމަށް އެންމެ ރަނގަޅުވާނީ އަހަރުމެންގެވެސް ބާރު ދައްކާގެނެއްނޫންތަ؟

ގްރޭވް : އާރާ ބާރަށްވުރެ ވަހަކަ ދައްކައިގެންވެސް ކަންކަން ހައްލުވާނެދޯ

ބެންޖީ : އެސޮރުވެސް އެބުނީ ދޮގެއްނޫން.

ލިޒަޑް: ދެން ގްރޭވް ތިޔަބުނަނީ ކީކޭ

ގްރޭވް : އަހަރެން ސްކޫލްދުވަސްވަރު ޗަކޯ ކިޔާދިން މީހުން ގާތްކުރާނެ ގޮތް. އެމީހުން ބޭނުންވާ އެއްޗެއް ދީގެން...

ލިޒަޑް : (ދެލޯ ބޮޑުކޮއްލާފަ) އަހާ ކަލޭ ތި ދިނީ ފައްކާ ހިޔާލެއް. އަހަރެން ޗަކޯއާއެކީ ގޮސް އަތުކުރި ސޮރު ބުނީ ލާރިބަލާ ދިޔައިރު އެތާ ހުސް ކޮޕުން ތިބި ވާހަކަ. ވީމާ ކޮޕުންނަށް އެ މައުލޫމާތު ދޭނީވެސް ކޮޕެއްތާ

ބެންޖީ : ބުނަން ތިޔައުޅެނީ ކީކޭ؟

ލިޒަޑް : ބުނަން މިއުޅެނީ.... އެބައުޅެޔޭ ޖާސޫސެއް

ބެންޖީ : (ހައިރާންވެފަ) ޖާސޫސެކޭ؟ ކޮންބަޔެއްގަ؟ އަނެކާ އަހަރެމެން ތެރޭތަ؟

ލިޒަޑް ( ހިނިއައިސްފަ) ހާސްނުވެބަލަ. އަހަރެމެން ތެރެޔަކުނެތް. ބުނަން މިއުޅެނީ ޖާސޫސް އުޅޭނީ އަހަރެމެން އަތުކުރި ސޮރާއެކުއޭ ނުވަތަ ރިޗަޑޭއާ އެކުއޭ.

ބެންޖީ : ކިހިނެއް ހަދަން ތި ވިސްނަނީ

ލިޒަޑް : ޗަކޯއަށް ދޭނީ އެމީހާގެ ވަނަވަރު އެއިރުން ހީވޭ މިކަންތައް ނިމޭނެހެން. ގްރޭވް ޝުކުރިއްޔާ އެނގޭ.

ގްރޭވެ : އަންނަންވީނު ކޮފީއެއް ބޯލަން

ލިޒަޑް : ކާމިޔާބީގެ ފޮނިކަން ލިބުމުން ނޫނީ ކޮފީގަ ރަހައެއްނުލާނެ.

ލިޒަޑް އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔުމަށް ބެންޖީއާއެކު ނައްޓާލިއެވެ. އަހަރެން ކެފޭއަށް އަނބުރާވަދެ މޭޒުގައި ޖައްސާލިތަނުން ލިޒަޑް އިރުކޮޅެއްތެރޭ އޭނާގެ ލެޕްޓޮޕް ހިފައިގެން އައިސް އަހަރެން އިން މޭޒުގައި ޖައްސާލިއެވެ. އަދި މޮޑެމް އެއް ޖީބުން ނެގުމަށްފަހު ވައިފައި ލެޕްޓޮޕްއަށް ދޫކޮއްލުމަށްފަހު އެއް އަތާ އަނެއްއަތް ޖައްސާ އިނގިލިތަކުން އަޑުގޮއްވާލިއެވެ. އެޔަށްފަހު ހަލުވި ސްޕީޑެއްގައި އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ގްރޭވް : ކީއްކުރަން ތިޔައުޅެނީ

ލިޒަޑް : މިއުޅެނީ ޖާސޫސް ހޯދަން

ގްރޭވް : ނޭނގޭ މީހަކު ހޯދަން އެހާ ފަސޭހަވާނެތަ؟

ލިޒަޑް : ތަޖުރިބާ ހުރިއްޔާ ނުހޯދިއެއް ނުހުންނާނެ. ބަލަން ހުންނައްޗޭ.

ގްރޭވް : ތިހެން މީހުން ހޯދަން އަހަރެންނަށްވެސް ދަސްކޮއްދެއްޗޭ

ލިޒަޑް : އަދި އެދުވަސް އަންނާނެ. ހަމަޖެހޭ

ލިޒަޑް ގަޑިއިރެއް ވަންދެކަށް އޭނާގެ މަސައްކަތް ކުރުމަށްފަހު ފަސްވަރަކަށް މީހުންނަށް ގުޅާލިއެވެ. އަދި އެންމެ ފަހުން ޗަކޯއަށް ގުޅާފައި އޭނާއާ ބައްދަލްކުރަން ބޭނުންވާ ވާހަކަ ބުނުމަށްފަހު ލެޕްޓޮޕް ލައްޕާލިއެވެ. އެޔަށްފަހު އަވަސް ހިނގުމެއްގައި ކެފޭއިން ނުކުމެގެން ގޮސް ލޯ މައްޗަށް ގެއްލުނެވެ. ލިޒަޑް ދިޔުމުން އަހަރެންވެސް ބިލް ދައްކާލާފައި އެތަނުން ނުކުތީމެވެ. މާކަށް ދުރަށް ނުދެވެނީސް ލިޒަޑް އައިސް އަހަރެންނާއަރާ ހަމަކުރުމަށްފަހު އެނާއާއެކު ދިޔުމަށް އެދުނެވެ. ދެމީހުން ދުއްވާފައިގޮސް ޗަކޯ މެންގޭކައިރިއަށް މަޑުކޮއް އެތެރެއަށް ވަނީމެވެ. ވަތްއިރު ޗަކޯ އޭނާގެ މޭޒުކައިރީ އަހަރެމެންގެ އިންތިޒާރުގައި އިނެވެ.

ޗަކޯ : ކޮންކަމެއްވެގެން ތިއުޅެނީ

ލިޒަޑް : (ޗަކޯ މޭޒުމައްޗަށް ފައިލްއެއް އެއްލުމަށްފަހު) މަށަށް ހީވޭ ބޮސް ތިޔާ ވަރަށް ގަޔާވާނެހެން

ޗަކޯ : މީ ކޯންޗެއް

ލިޒަޑް : ފައިސާ ހޯދާނެގޮތް

ޗަކޯ : (ފައިލްހުޅުވާލުމަށްފަހު) ބަރާބަރު. މިކަން މިއޮތީވެފަ.

ލިޒަޑް : ގްރޭވްގެ ހިޔާލު

ޗަކޯ : ގްރޭވް؟

ލިޒަޑް : އާ. ޗަކޯ އެސޮރު ސްކޫލްގަ އުޅުން އިރު ކިޔާދިން މީހުން ގާތްކުރާނެ ގޮތް. އެމީހުން ބޭނުންވާ އެއްޗެއް ދީގެން. ވީމާ ރިޗަޑޭއަށްވެސް ވަރަށް ބޭނުންތެރިއެއްޗެއް ތީ.

ޗަކޯ : ދެން ކަލޭގެ ސިކުނޑިވެސް ނެތީތަ އެވަރު އެއްޗެއް ވިސްނެން

ލިޒަޑް : (ބޯ ކަހާލާފައި) އެންމެން ތިބީ ނުލާހިކު ބޮޑު ހާސްކަމެއް ތެރޭގަވިއްޔަ. ބެންޖީ އައިސްވެސްބުނީ އެންމެ ރަނގަޅުގޮތަކީ ބާރުދެއްކުންކަމަށް ވިއްޔަ.

ޗަކޯ : (މޭޒުމަތި ޖަހަމުން) ކަލޭމެން ހީކުރަނީތަ ކޮންމެ ކަމަކީ ތަޅާފޮޅައިގެން ހައްލުވާ ކަމެއްހެން. ސިކުނޑިއަކީ އެންމެ މުހިންމު އެއް ހަތިޔާރު އެ ނެތް މީހަކީ ޖަނަވާރަކަށްވުރެވެސް ދަށްފެންވަރުގެ މީހެއް

ލިޒަޑް : ޗަކޯ ހަމަޖެހިބަލަ. ތިޔޮތީ ހުރިހާ މައުލޫމާތެއް އަތުގަ ދެން ތިކަމާ އުޅެމާ.

ޗަކޯ : މިކަމާ އުޅެވިދާނެ އެކަމު މަ މިއަދު ހައިރާންވަނީ އެތައް ތަޖުރިބާއެއްހުރި މީހެއްގެ ސިކުނޑިނެތީމަ

ލިޒަޑް : (ބޯ ކަހާލާފައި) ސޮރީ ބޮސް

ޗަކޯ : ކޮން ސޮރީއެއް މިކަމުގެ ހުރިހާ ކްރެޑިޓްއެއް މިފަހަރުދާނީ ގްރޭވްއަށް.

ލިޒަޑް : ( ހީލާފައި) މަރުހަބާ ގްރޭވް

ޗަކޯ : ދެން އެންމެ ރަނގަޅު. މާދަމާރޭ ރިޗަޑޭއާ ބައްދަލްކުރާގޮތަށް ހަމަޖައްސާނީ. ދެން އެންމެ ރަނގަޅު ދިޔަޔަސް

ލިޒަޑްއާއެކު ބޭރަށް އަހަރެން ނުކުތްތަނުން އޭނާ ސިނގިރެޓްއެއް ބޯލަންދެން މަޑުކޮއްލުމަށް އެދުނެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފެނުމާއެކު އަހަރެން ވަގުތުން އޭނާ ކައިރިން މައާފްއަށް އެދުނީމެވެ. ނަމަވެސް ލިޒަޑް އެކަމަކީ އެހާ ބޮޑު ކަމެއް ނޫންކަމަށް ބުނެލިއެވެ. ސަބަބަކީ ޗަކޯއަށް ދެރައެއް އަދި ގެއްލުމެއް ލިބެން އޭނާވެސް ބޭނުންނުވާތީއެވެ.

ޖެހިގެން އައިސް ދުވަހު އިރުއެރުމާއެކު އަހަރެން ތެދުވެ އަވަހަށް ރީތިވެލައިގެން އޮފީހަށް ނުކުންނަން ދިޔައީމެވެ. މަސައްކަތުގެ މާހައުލަށް އާ މަގާމް ފުރާލުމަށް ވަނުމާއެކު އަތްތެލަބަޑިން މަރުހަބާކީ ފުރުތަމަވެސް ސްޓޯރ މެނޭޖަރެވެ. މަގާމްގައި ކުރަންޖެހޭ ހުރިހާ ކަމެއް އޭނާ އަހަރެންނަށް ކިޔާދިނެވެ. މަސައްކަތުގައި ވަގުތުތައް ގޭދަވެގެން ގޮސް އިރުއޮއްސިއްޖެއެވެ. ނުނިމި ހުރި މަސައްކަތްތައް ބަހައްޓާފައި އަހަރެން ގެއަށްގޮސް ތައްޔާރުވެލައިގެން ޗަކޯމެންގޭ ކައިރިއަށް ދިޔައީމެވެ. އެތާ މަޑުކޮއްލައިގެން ހުއްޓާ މީހަކު އައިސް އަހަރެން ކޮނޑުގައި އަތް ބާއްވާލާފައި ކަރުގައި ވަޅި ޖައްސާލިއެވެ.

Advertisement

ކޮމެންޓް