ފަހުގެ އައިފޯން ތަކުގައި ތަފާތު މައްސަލައެއް

02 Oct 2018 | 10:42

ގިނަބައެއްގެ މަޤްބޫލް ކަން ހޯދައިފައިވާ ކުންފުންޔެއް ކަމަށްވާ 'އެޕަލް' އިން ވަނީ މިދިޔަމަހުގެ 21 ވަނަ ދުވަހުގައި އައު ފޯނު ތަކެށް މާކެޓައް ނެރެފައެވެ.

ސެޕްޓެމްބަރު މަހު އެކުންފުނިން ނެރެފައި ވަނީ، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް އަދި އައިފޯން އެކްސް އާރ އެކެވެ.

ފޯނުތަކުގެ އަގުތައް ކިތަންމެ ބޮޑު ކަމުގައިވިޔަސް ގިނަބަޔަކު ދަނީ ފޯނު ގަތުމަށް ޝައުޤު ވެރިކަން ފާޅު ކުރަމުން ނެވެ. އެންމެންގެވެސް އުންމީދަކީ މި ފޯންތަކަކީ މިހާތަނަށް އެޕަލް އިން ނެރުނު އެންމެ ފެންވަރު ރަނގަޅު ފޯނުތަކަށް ވުމެވެ.

ނަމަވެސް ކަން ވެގެން ދިޔައީ މިއާއި މުޅިން ޙިލާފަށެވެ. ކަން ނިމިގެން ދިޔައީ އައިފޯނު ގެންގުޅުމަށް ލޯބިކުރާ އެތައް ބައެއްގެ ދުލުން ޝަކުވާތަކެއް ބޭރުވެގެންނެވެ. 

އައިފޯނުގައިވާ މައްސަލައަކީ ކޮބާ؟

އެޕަލްގެ އޮޕިޝަލް ޑިސްކަޝަންސް ސައިޓްގައި އެތަކެއް ބައެއްގެ ޝަކުވާތަކެއް ވަނީ ލިޔެވިފައެވެ. ހުރިހާ އެންމެންގެ ވެސް ޝަކުވާއަކީ ފަހުގެ އައިފޯން ޗާރޖް ނުވާ މައްސަލައެވެ.

ގިނަ ބަޔަކު ބުނަމުން ދިޔައީ ފޯނު 'އައިޑެލް' ނުވަތަ 'ސްލީޕް' މޯޑްގައި ޗާރޖައް ޖެހުމުން، ފޯނު ޗާރޖް ވާން ނުފަށައި، ފޯނު ހުޅުވުމުން ޗާރޖް ވާ ވާހަކައެވެ. ނަމަވެސް އަނެއް ބަޔަކު ބުނަމުން ދިޔައީ ފޯނު ނަގައި ދެފަރާތަކައް އަނބުރާލުމުން ނޫނީ ޗާރޖް ނުވާކަމަށެވެ.

މިކަމުގެ ހަގީގަތް ހޯދުމަށް މަޝްހޫރު ޔޫޓިއުބް ޗެނަލެއް ކަމަށްވާ 'އަންބޮކްސް ތެރަޕީ' އިން ވަނީ ރިވިއު ވީޑިއޯ އެއް ނެރެފައެވެ. މި ވީޑިއޯގައި ލުއީސް ހިލްސެންޓެގާރ އޭނާއަށް ލިބިފައިވާ ރިކްއެސްޓެއް ބެލުންތެރިންނާއި ހިއްސާ ކޮއްފައި ވެއެވެ. ވީޑިއޯގައި ތަފާތު ނުވަ އައި ފޯނެއް އޭނާ ޗެކްކޮއްފައި ވެއެވެ. އެގޮތުން އެންމެ ބޮޑަށް މައްސަލަ ހުންނަ އައިފޯނަކަށް ވެފައިވަނީ އައިފޯން ޓެން އެކްސް މެކްސް އެވެ. އެއީ މި ފޯނު އެހެން ފޯނުތަކާއި ޙިލާފަށް ޗާރޖައް ޖެހުމުން ފޯނު މުޅިންހެން މަސައްކަތް ކުރުން ހުއްޓޭތީއެވެ.

 


މި އިވެމުންދާ ޝަކުވާ ތަކައް އެޕަލް އިން އަދި ވަކި ޖަވާބެއް ހާމަނުކުރުމަކީ، އައިފޯން މާކެޓްގެ އަގު ދަށަށްދާނެ ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

އިންތިޒާރު ކުރަމުންދަނީ އެޕަލްގެ ޖަވާބަކަށެވެ.

Advertisement

ކޮމެންޓް

Advertisement