ރާމޯސްގެ 'ޕެނަކަ' ޕެނަލްޓީއާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެ

25 Jan 2019 | 07:16

ޝްޕެނިޝް ކަޕްގައި ރޭ ރެއާލް މެޑްރިޑް އަދި ޖިރޯނާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 4-2 ކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ޖިރޯނާގެ ލޮޒާނޯ މެޗުގެ 7 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު އެޓީމް ލީޑް ނެގި ނަމަވެސް ރެއާލްގެ ވަޒްކޭޒްވަނީ މާގިނައިރުތަކެއް ނުވެ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރެއާލްއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ލިބުނީ ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ. ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު މި ޕެނަލްޓީ ރާމޯސް ޖެހީ ޕެނަކަ ސްޓައިލްގައެވެ.

މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުވީ ޖިރޯނާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 2-2 ކަށް ހަދާދިނީ ޖިރޯނާގެ ގްރަނެލްއެވެ. ރެއާލްއަށް މެޗުގެ ކުރި ހޯދަދިން ލަނޑު އަނެއްކާވެސް ސާޖިއޯ ރާމޯސް ކާމިޔާބު ކޮށްދިންއިރު އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ ކަރީމް ބެންޒީމާއެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމުއް ފެނުނު މި މެޗުގައި އެޓީމްވަނީ ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ރެއާލްވަނީ މި މެޗުގައި ޖުމްލަ 25 ޝޮޓް ހަދައި އޭގެތެރެއިން 10 ޝޮޓެއް ޓާގެޓަށް ފޮނުވާލާފައެވެ. 

Advertisement

ކޮމެންޓް