ކޯޕާ އެމެރިކާގައި ގަތަރުން ވަރުގަދަ އާޖެންޓީނާއައި ދެކޮޅަށް

25 Jan 2019 | 07:38

މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕާ އެމެރިކާ މުބާރާތުގައި 2022 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުން އާޖެންޓީނާއައި ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

ގަތަރުގެ އިތުރުން ގެސްޓް ޓީމެއްގެ ގޮތުގައި ޖަޕާނުންވެސް މިފަހަރުގެ ކޯޕާ އެމެރިކާ މުބާރާތުގައި ބައިވެރިވާނެއެވެ.

ކޯޕާ އެމެރިކާގެ ގުރޫޕް އޭގައި ހިމެނެނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލްގެ އިތުރުން ބޮލީވިއާ، ވެނެޒުއެލާ، އަދި ޕެރޫއެވެ.

ގުރޫޕް ބީގައި އާޖެންޓީނާ، ކޮލޮމްބިއާ، ޕެރެގުއޭ، އަދި ގަތަރު އޮތް އިރު ގުރޫޕް ސީގައި ހިމެނެނީ އުރުގުއޭ، އެކުއަޑޯ، ޖަޕާން އަދި އެންމެ ފަހުން ބޭއްވި ދެ ކޯޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައިވާ ޗިލީއެވެ.

މިފަހަރުގެ މި މުބާރާތުގައި އެންމެންގެ ލޯތައް އަމާޒުވާނީ ގައުމީ ޓީމާއެކު ބޮޑު މުބާރާތެއް މިހާތަނަށް ކާމިޔާބު ކުރެވިފައިނުވާ މެސީއަށް ކަމަށް ބެލެވެއެވެ. 

ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފަހަރުގެ ކޯޕާ އެމެރިކާ މުބާރާތް ފަށާނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް