ލަވް އާޖްކަލްގެ2 ގައި ސައިފު ފެނިގެންދާނީ ސާރާގެ ބައްޕަގެ ރޯލުން

26 Jan 2019 | 13:35

"ލަވް އާޖްކަލްގެ2" ގައި ސައިފު ފެނިގެންދާނީ ސާރާގެ ބައްޕަގެ ރޯލުންކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ސައިފު އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންގެ ފިލްމީ ކެރިއާރ ފަށިގެންދިޔައީ ކެދާރނާތްނުންނެވެ. އޭގެ ފަހުން ސިންބާއިން އޭނާ ފެނިގެން ދިޔައިރު މި ދެފިލްމަކީވެސް ބޮލީވުޑުގައި މަޝްހޫރުކަން ހޯދި ދެފިލްމެކެވެ.

މިހާރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ސައިފު އެފިލްމެއްގެ ފުރަތަމަ ބައިން ފެނިގެން ދިޔަ ލަވް އާޖްކަލްގެ ދެވަނަ ބައެއް ހެދުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެފިލްމުގައި ލީޑު ރޯލުން ސާރާ ފެނިގެންދާއިރު، އޭނާގެ ބައްޕަގެ ރޯލުން ފެނިގެންދާނީ ސައިފު އަލީ ޚާންއެވެ.

އިމްތިއާޒް އަލީގެ އެ ފިލްމުގައި ސާރާއާއި އޭނަގެ ބައްޕަ ސައިފު ފެނިގެންދާ ވާހަކަ މީޑިއާގައި ދެކެވެމުން ދިޔަ ނަމަވެސް އަދި އެފިލްމުގައި ފެނިގެންދާ ލީޑު ފިރިހެން ތަރި އަކީ ކާކު ކަމެއް އަދި މިހާތަނަށް އެނިގިފައިނުވެއެވެ. ބައެއް މީޑިއާ ރިޕޯޓްތަކުގައި ވާގޮތުން އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ކަމަށް އެންމެ ބޮޑަށް ވާހަކަދެކެވިގެންދަނީ ކާރްތިކް އާރިޔަންނެއެވެ.

"ލަވް އާޖްކަލް" ދެވަނަ ފިލްމެއް އުފެއްދުމުގެ ވާހަކަ މީޑިއާ ތަކުގައި ދެއްކި ނަމަވެސް އަދި އެ ފިލްމާއި، އެފިލްމަށް ނަގާނެ ކާސްޓަކާއި ގުޅޭގޮތުން އިމްތިއާޒް އަލީވެސް އަދި ފިލްމުގެ މަސައްކަތުގައި އުޅޭ އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި ވާހަކަދައްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

އެ ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަހަރުގެ މެދުތެރޭގައި ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް