Advertisement

އިންސްޓަގްރާމް، ވަޓްސް އެޕް އަދި ފޭސްބުކް މެސެންޖާރ އެއްކޮށްލަނީ!

26 Jan 2019 | 10:24

ފޭސްބުކް އިން ދަނީ އެކުންފުނީގެ ދަށުން ހިނގާ އިންސްޓަގްރާމް، ވަޓްސް އެޕް އަދި މެސެްޖާރގެ ޙިދުމަތްތައް ގުޅުވާލުމަށް ތައްޔާރުވަމުންކަމަށް އެ ކުންފުނިން ހާމަކޮށްފައެވެ.

މި ތިން އެޕަކީ ވަކިން ބޭނުންކުރެވޭ، ތަފާތު ތިން އެޕަކަށްވާއިރު، ފޭސްބުކް އިން ގަސްތުކުރަނީ ތިން އެޕްގެވެސް މެސެޖިންގް ޚިދުމަތްތައް އެއްކޮށް ގުޅުވާލުމަށެވެ.

މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފޭސްބުކް ކުންފުނީގެ ފަރާތުން ވަނީ މި އިސްނެގުމަކީ ބޮޑު، ބިޔަ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައެވެ. އަދި މިކަމާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމަން ގިނަ ވަގުތުތަކެއް ނަގާނެކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.

މި ޕްރޮޖެކްޓަކީ ފޭސްބުކް ގެ ސީ. އީ. އޯ މާރކް ޒަކާރބާރގް އަމިއްލަފުޅަށް ފެއްޓެވި ޕްރޮޖެކްޓެއްކަމަށްވެސް ބައެއް މީޑިޔާތަކުން ދަނީ ޚަބަރުފަތުރަމުންނެވެ.

ފޭސްބުކް ކުންފުނިން މިހާރު ވަނީ މި ތިން އެޕް ގުޅުވާލުމުގެ މަސައްކަތް ފަށާފައެވެ.

ހުރިހާ ކަމެއް ފުރިހަމައަށް ކުރެވޭނަމަ، މަސައްކަތް ނިމުމުމް ފޭސްބުކްގެ ތިން އެޕް ވެސް އެއް ވިޔުގައަކުން ގުޅިގެން ދާނެއެވެ. އަދި އެއް އެޕް މެދުވެރިކޮށް އަނެއް އެޕަށް މެސެޖް ކުރެވޭނެއެވެ.

ފޭސްބުކް ކުންފުނިން ލަފާކުރާ ގޮތުގައި، އިންސްޓަގްރާމް، ވަޓްސް އެޕް އަދި ފޭސްބުކް މެސެންޖާރ ގުޅުވާލުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަވެގެންދާނެއެވެ. 

Advertisement

ކޮމެންޓް