Advertisement

"އެވެންޖާރޒް: އެންޑްގޭމް" ގައި އަޔަން މޭންގެ ރޯލާއި މެދު ކަންބޮޑުވުމާއި ޝައުގުވެރިކަން!

26 Jan 2019 | 13:32

މި އަހަރު ނިކުންނަން ހަމަޖެހިފައިވާ "އެވެންޖާރޒް" ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ވެގެންދާނީ ސުޕާރހީރޯ "އަޔަން މޭން" ގެ ފޭނުންނަށް ވަރަށް ޙާއްސަ ފިލްމަކަށެވެ.

އަޑުތައް ފެތުރެމުންދާގޮތަށް ބަލާލާއިރު، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި ފިލްމު ވެގެން ދާނީ ރޮބާރޓް ޑައުނީ ޖރ. އަޔަން މޭންގެ ރޯލުން ފެނިގެންދާނެ އެންމެ ފަހު އުފެއްފުމަށެވެ. އަޔަން މޭން ގެ ކެރެކްޓާރ މަރުވެދާނެ ކަމަށް ވަފާތެރި ފޭނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އާ ސެޓް ލީކް ތަކަކުން ވަނީ އަަޔަން މޭންގެ ތަފާތު އެކި ސޫޓްތަކެއް ފިލްމުގައި ހިމެނިިގެންދާނެކަމަށް އިޝާރާތެއް ބެލުންތެރިންނަށް ލިބިފައެވެ.

މިގޮތުން ބަލާލާއިރު، 2008 ވަނަ އަހަރު ނިކުއިން "އަޔަން މޭން" ފިލްމުން ޓޯނީ ސްޓާކް ގެ ކެރެކްޓާރ އަލަށް އުފެއްދި "މާރކް 1" އަޔަން މޭން ސޫޓް "އެންޑްގޭމް" އިން ފެނިގެންދާނެކަމަށސް ލަފާ ކުރެވެއެވެ.

"އަޔަން މޭން 2" ގައި އީވާން ވެންކޯ އާ ދެކޮޅަށް ޓޯނީ ސްޓާކް ބޭނުންކުރި "މާރކް 5" ސޫޓް ވެސް މި ފިލްމުން ފެނުން އެކަށީގެންވެއެވެ. އަދި ހަމަ އެއާއެކު "އަޔަން މޭން" ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ބެލުންތެރިންނާ ހިސާބަށް އައި "އަޔަން މޭން 3" ގައި ޓޯނީ ސްޓާކް ފަރުމާކުރި "މާރކް 41" ގެ ސޫޓްވެސް "އެވެންޖާޒް: އެންޑްގޭމް" އިން ފެނިގެންގޮސްދާނެއެވެ.

އޭޕްރިލް 26 ވަނަ ދުވަހު ނެރެން ތާވަލްކުރެވިފައިވާ "އެވެންޖާރޒް" ގެ އެންމެ ފަހު ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޖޯ އަދި އެންތަނީ ރޫސޯއެވެ.

"އެންޑްގޭމް" ގެ ޓްރެއިލާރ އިން ބެލުންތެރިންނަށް އެންމެ ފަހުން ޓޯނީ ސްޓާކް ފެނިގެންދިޔައީ ޖައްވުތެރޭގައި އޮޔާދަނިކޮށެވެ.

ކާއެއްޗިއްސާ ފެނާ ނުލާ ގިނަދުވަސްތަކެއް ހޭދަކުރުމަށްފަހު މަޤްބޫލް "އަޔަން މޭން" ދުނިޔޭގައި ހުރި އޭނާގެ ލޯބިވެރިޔާ ޕެޕާރ ޕޮޓްސް އަށް މެސެޖެއް ރިކޯޑުކުރާ މަންޒަރު ޓްރެއިލާރ އިން ދައްކުވައިދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ފޭނުންނެއް ވަނީ "އެވެންޖާރޒް: އެންޑްގޭމް" ބަލާލުމަށް ކެތްމަދުވެފައެވެ. އަދި ގިނަދުވަސްތަކެއްވަންދެން މާރވެލް ސިނެމެޓިކް ޔުނިވާރސް އިން އެކި ފިލްމުތަކުގެ ތެރެރއިން "އެންޑްގޭމް" ގައި ހިނގާނެ ކަންތައްތައް ތައްޔާރުކޮށްފައިވާއިރު، ގިނަ ބަޔަކު ދެކޭ ގޮރުގައި މި ފިލްމު ވެގެންދާނީ މިހާތަނަށް މާރވެލް ގެ އެންމެ މަޤްބޫލް ރިލީޒަށެވެ.

Advertisement

ކޮމެންޓް