Advertisement

ސުޝާންތް، އަރޖުން އަދި ކްރިތީގެ ފިލްމުތައް ބޮކްސް އޮފިސް ވާދަވެރިކަމަކަށް!

29 Jan 2019 | 09:29

ސުޝާންތް ސިިންގް ރާޖްޕުތް އަދި ބޫމީ ޕަދްނާކަރ ލީޑް ރޯލަކުން ފެނިގެންދާ "ސޮންޗިރިޔާ" ގެ ރިލީޒް ޑޭޓް ފެބްރުއަރީ 8 ކުން މާރޗް އެކަކަށް ބަދަލުކުރުމުން އިންޑިއާގެ ބޮކްސް އޮފީހަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެވެ. 

ސަބަބަކީ މާރޗް 1 ވަނަ ދުވަހު މަޤްބޫލު ތަރިންތަކެއް ޚަރަކާތްތެރިވާ އެހެން ދެ ފިލްމެއްްވެސް ނެރެން ތާވަލުކުރެވިފައިވާތީއެވެ. 

ޒުވާން ތަރިންގެ ފޭނުންތައް ތިން ބަޔަކަށް ބެހިގެންދާނެ މި ދަނޑިވަޅުގައި، ކޮންމެސް އެއްބަޔަކަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިދާނެކަމަށް މިހާރު ދަނީ އަޑު ފެތުރެމުންނެވެ.

ސުޝާންތް އަދި ބޫމީގެ ފިލްމާ ވާދަކުރަން ތައްޔާރުވަނީ ކްރިތީ ސަނޮން އާއި ކާރްތިކް އާރޔަން ގެ "ލުއްކާ ޗުއްޕީ" އަދި އަރްޖުން ކަޕޫރް އާއި ޕަރިނީތީ ޗޯޕްރާގެ ފިލްމު "ސަންދީޕް އައުރް ޕިންކީ ފަރާރް" އެވެ. 

އަރްޖުން އާއި ސުޝާންތް އެކީ އަބަދުވެސް ވަރަށް ވާދަވެރި ދެ ފިރިހެން ތަރިންނެވެ. ދެ ފަންނާނުންގެވެސް ޒުވާން ފޭނުން ގިނަކަން ފާހަގަކޮށްލެވޭއިރު، ކްރީތީ ސަނޮން އަކީވެސް ފަކަށް އައިސް ޒުވާން ބެލުންތެރިންގެ މެދުގައި މަޤްބޫލް އަންހެން ފަންނާނެކެވެ.

"ސޮންޗިރިޔާ" އިން ފެނިގެންދާނީ ސުޝާންތް ގެ އެކްޝަން ސީންތަކެކެވެ. ޕަންޖާބުގެ ޗަމްބަލް އަށް ނިސްބަތްވާ ކުށްވެރި ގޭންގްސްޓަރުންގެ ވާހަކައަކަށް ބިނާކޮށްފައިވާ ސުޝާންތް ގެ މި ފެނިލުން މަރޗް 1 ގައި ނުކުންނަ އަނެއް ދެ ފިލްމާ ވަރަށް ތަފާތެވެ. "ލުއްކާ ޗުއްޕީ" އާއި "ސަންދީޕް އައުރ ޕިންކީ ފަރާރް" އަކީވެސް ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ ފިލްމުތަކެކެވެ. އަދި "ސަންދީޕް އައުރް ޕިންކީ ފަރާރް" ވެގެންދާނީ އަރްޖުން ކަޕޫރާއެކު ޕަރިނީތީ ބޮޑު ސްކްރީނުން ފެންނާނެ ތިންވަނަފިލްމަށެވެ. އެހެންކަމުން މި ދެ ތަރިން އަނެއްކާ އެކީ ފެނިލުމުގެ ފުރުސަތަށް ގިނަ ފޭނުން ދަނީ އިންތިޒާރުކުރުމަނުންނެވެ.

ކޮންމެ ގޮތެއްވިޔަސް، "ސޮންޗިރިޔާ"، "ލުއްކާ ޗުއްޕީ" އަދި "ސަންދީޕް އައުރް ޕިންކީ ފަރާރް" އެއް ދުވަހަކު ކެރެން ތާވަލުވެފައިވުން ވެގެންދާނީ ބޮލިވުޑް ބޮކްސް އޮފިސް ވަރަށް ހަލަބޮލިވާނެ ދުވަހެއްކަމަށް ލަފާކުރެވެއެވެ. އަދި ފޭނުންނަށް ފުޅާދާއިރާއެއްގައި ތަފާތު ތިން ފިލްމެއް ބަލާނެ ފުރުސަތު ލިބިފައިވާއިރު، ސިނަމާތަކުގައި ފިލްމުތައް ހިނގާނެގޮތާމެދު ގިނަ މީހުން ދަނީ ޝައުޤުވެރިކަން ފާހަގަކޮށް ސުވާލު އުފައްދަމުންނެވެ.

Advertisement

ކޮމެންޓް