ކިޑްސް ސޭވަރ އެކައުންޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ޕްރޮމޯޝަނެއް ފަށައިފި

01 Oct 2018 | 17:38

ކިޑިސް ސޭވަރ އެކައުންޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކިޑްސް ސޭވަރ އެކައުންޓުގެ ނަމުގައި މިހަހުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ބޭންކް އެކައުންޓްކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެއްވެސް ފީއަކާނުލާ ޕްރިޕެއީޑް މާސްޓަރ ކާޑަކަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މި ކާޑަށް ބޭނުން އަދަދަކުން ޖަމާކުރެވޭނެ ކަމަށާއި މި ކާޑު ދޫކުރާނީ ކިޑްސް ސޭވަރ އެކައުންޓް ހުޅުވާފައިވާ ކުއްޖާގެ ނަމުގައި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށްވެސް ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމާއެކު މި ކާޑު ލިބޭނެއެވެ.

ޑޮލަރު އަދި ރުފިޔާއިންވެސް ކްޑިސް ސޭވަރ އެކަންޓް ހުޅުވޭއިރު އެކައުންޓް ހުޅުވާއިރު ބަހައްޓަން ޖެހޭ އެންމެ ދަށް އަދަދަކީ ޑޮލަރު އެކައުންޓެއްނަމަ 10 ޑޮލަރު އަދި ރުފިޔާ އެކައުންޓެންނަމަ 100 ރުފިޔާއެވެ.

ބީއެމްއެލް އިން އިތުރަށް ހާމަކުރި ގޮތުގައި މި އެކައުންޓްތައް ހިންގުމުގެ ބާރު އޮންނާނީ ކުއްޖާގެ މަންމަ، ބައްޕަ ނޫނީ ގާނޫނީގޮތުން އެކުއްޖާއާއި ހަވާލުވެ ހުންނަ ބެލެނިވެރިޔާއަށެވެ. މި ގޮތުން ކުއްޖާގެ ކިޔެވުމުގެ ހަރަދު ތަކަށާއި ބޭސް ފަރުވާއަށް މަހަކު އެއް ފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާއަށް ލިބޭނެއެވެ. ކުއްޖާގެ އުމުރުން 18 އަހަރު ވުމާއެކު އެ ފައިސާގެ ބޭނުން އެ ކުދިންނަށް ހިފޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބު ވެރި ފަރާތަކަށް 15،000 ރުފިޔާގެ ފައިސާ އިނާމް އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކްޑިސް ސޭވަރ އެކައުންޓް ހުޅުވަން ބޭނުން ފަރާތްތަކުން ބީއެމްއެލްގެ ކޯލް ސެންޓަރުގެ ނަންބަރު ކަމަށްވާ 3330200 އަށް ގުޅައި އެޕޮއިންޓްމެންޓް ހަމަޖެއްސުމުގެ ފުރުސަތު މިހާރުން ފެށިގެން އޮންނާނެކަމަށްވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.  

Advertisement

ކޮމެންޓް