އިންޑިއާ މީހަކަށް ޤައުމު ވިއްކާލިކަމަށް ބުނެ މިރޭ ޕީޕީއެމް އިން މުޒާހަރާއަށް ނިކުންނަނީ

02 Oct 2018 | 13:04

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފައިވަނިކޮށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ކަމަށް ތުހުމަތު ކުރާ ފަރާތެއްގެ އޯޑިއޯ މިވަނީ މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ.

މިޔާއެކު ޕީޕީއެމް އިން ވަނީ މިކަމާ ދެކޮޅައް އަޑުއުފުލަން ނިންމާފައެވެ. 


އެގޮތުން މިރޭ ޕީޕީއެމްގެ ކައުންސިލް މެންބަރ އަހްމަދު ސިއްދީޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އިންޑިއާ މީހަކަށް ޤައުމު ވިއްކާލި ކަމަށް ބުނެ ގިނަ ރައްޔިތުން ތަކެއް މިރޭ އަޑު އުފުލާނެ. އަދި މިއަޑު އުފުލުން ކުރިއަށް ދާނެ އިންތިހާބުގެ ނަތީޖާއާ މެދު އުފެދިފައިވާ ސުވާލު ތަކަށް ޖަވާބު ދެންދެން."

"ވޮއިސް" އިން ޕީޕީއެމް ގެ ކައުންސިލް މެންބަރަކަށް ގުޅާލުމުން ވަނީ މިހާރު ޕީޕީއެމް ގެ ލީގަލް ޓީމް އިން އިލެކްޝަނާ ގުޅުން ހުރި މައްސަލަތައް އީސީއަށް ހުށަހަޅަން ތައްޔާރު ވަމުންދާކަމާއި އަދި އޭގެ އިތުރުން މިކަމާ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލުމަށް ތައްޔާރުވަމުން ދާކަން ކަށަވަރު ކޮށްދެއްވާފައެވެ.


Advertisement

ކޮމެންޓް