ބޯތަލަ ފިރިހެންނުން ފެންނަ ފެނުމަށް މާ ކާމިޔާބުކަމަށް ސައެންސުން ދައްކާ!

30 Jan 2019 | 06:17

ކޮބާތޯ އެމަޒޮންގެ މިހާރުގެ ސީ.އީ.އޯ ޖެފްް ބޭޒޯސް އާއި ކުރީގެ މައިކްރޮސޮފްޓް ސީ.އީ.އޯ ސްޓީވް ބޯލްމަރ އެއްގޮތްވާ ގޮތަކީ؟ ދެ މީހުންނަކީވެސް އެމީހެއް އިޚްރިޔާރުކުރި ދާއިރާއިން އެންމެ އަރާހުރި ވިޔަފާރިވެރިޔާއަށް ވުންތޯ؟ ނުވަތަ ދެމީހުންނަކީވެސް ބޯ ތަލަ މީހުންނަށްވުންތޯ؟ 

އާދެ، މި ދެ ޖަވާބުވެސް ރަނގަޅުވާ ޙާލު، އާދަޔާ ޚިލާފަށް ކާމިިޔާބުވުމާއި ބޯ ތަލަވުމާއި ދެމެދު ކޮންމެސްކަހަލަ ގުޅުމެއް އޮތްކަމަށް ކޮންމެމީހެއްގެ ހިތުގަވެސް ސުވާލު އުފެދިދާނެއެވެ. ސައިންސްވެރިންވެސް މިޔަކުން އިސްތިސްނާއެއް ނުވެއެވެ. އެމެރިކާގެ ޔުނިވާރސިޓީ އޮފް ޕެންސިލްވޭނިޔާއިން އިސްވެ ކުރިޔަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުން، ގިނަ މީހުންނަށް ހީވާ ގޮތުގައި އެބައެއްގެ ކައިރީގައި އުޅޭ ފިރިހެނުންގެ ތެރެއިން އެންމެ ކާމިޔާބު އަދި ބަސްވިކޭ ބަޔަކީ ބޯ ތަލަކޮށް ހުންނަ ފިރިހެނުންނެވެ.

އެމެރިކާގެ (އިއްތިފާޤަކުން ބޯ ތަލަކޮށް ހުންނަ) ސައިންސްވެރިއެއްކަމަށްވާ އެލްބާރޓް އީ. މޭންސް ވަނީ 2012 ވަނަ އަހަރު 59 ފިރިހެނުން ހިމެނޭގޮތަށް މިކަމުގެ އަސްލު ދިރާސާކޮށްފައެވެ. 

އޭނާ ބަލަން ބޭނުންވީ ބޯ ތަލަ ފަރާތްތަކުގެ ވަށައިގެން އުޅޭ މީހުން އެ ފަދަ މީހުންނާމެދު ދެކޭ ގޮތެވެ. މިކަން އޭނާ ކުރިޔަށްގެންދިޔައީ ދިރާސާގައި ބައިވެރިވި ކޮންމެ މީހަކަށް ދެ ވައްތަރުގެ ފޮޓޯތަކެއް ދައްކައިގެންނެވެ. 

ފުރަތަމަ ވައްތަރުގެ ފޮޓޯއިން ބޮލުގައި ހަމަޔަށް އިސްތަށި ހުރި ފިރިހެނެއް ފެންނަންހުރިއިރު، ދެވަނަ ފޮޓޯއިން ފެންނަންހުރީ ހަމަ އެގޮތަށްހުރި ބޯ ތަލަ ފިރިހެނެކެވެ. ދިރާސާ ފުރިހަމަކޮށް ނަތީޖާތަކަށް އަލިއަޅުވާލިއިރު ގިނަ ފަރާތްތަކުން އެއްބަސްވާ ގޮތުގައި ބޯ ތަލަކޮށް ފެނިގެންދިޔައީ، ބޮލުގައި އިސްތަށި ހުރި ފިރިހެންނުންނަށްވުރެ ބޮޑަށް ބަސްހިނގާ، ބިޔަ އަދި ވަރުގަދަ ފިރިހެނުންނެވެ. އަދި ބޯ ތަލަ މީހަކު މިހެން ސިފަވަނީ އޭނާގެ ބޯ އެއްކޮށް ތަލަވުމުންކަންވެސް މި ދިރާސާއިން ފާހަގަ ވެގެންދިޔައެވެ. ކުޑަކޮށް ތަލަ، ނުވަތަ ބޮލުގައި މަދުން ނަމަވެސް އިސްތަށި ހުރި ފިރިހެނުން ދިރާސާގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރ،ީ ބަލިކަށި އަދި ބަލާލަން އެހާ ރީތި ނޫން ފިރިހެނުންގެ ގޮތުގައެވެ.

ގިނަ އަހަރުތަކެއް ވަންދެން ސައެންސްވެރިން ޤަބޫލުކުރި ގޮތުގައި ފިރިހެނުންގެ ބޮލުގައި އިސްތަށި މަދުވުން އެއީ އެމީހުންގެ ފިރިހެންވަންތަކަން ކުޑަ ކަމުގެ އަލާމާތެކެވެ. 

އެހެންނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާނަމަ ފިރިހެނުން ބޯ ތަލަވުމާއި އެމީހުންގެ ފިރިހެންވަންތަކަމާއި މާ ބޮޑު ގުޅުމެއް ނެތެވެ. އަދި ކުރިޔާއި ޚިލާފަށް، އައު ސައެންސްގެ ހޯދުންތަށް ދައްކާ ގޮތުގައި ބޯ ތަލަކޮށް ހުންނަ ފިރިހެނުންނަކީ އެހެން ފިރިހެނުންނަށްވުރި މާ ވިސްނުންތޫނު ބައެއްކަމަށްވެސް ފާހަޤަކޮށްލެވެއެވެ. އެހެންކަމުން، އަދި ތިބާ ކުޑަކޮށް ތަލަވިޔަސް ހާސްވާކަށެއް ނުޖެހޭނެއެވެ. ސައިންސްގެ އިތުރުން ދުނިޔެމަތީގައި އާދަޔާ ޚިލާފަށް މުއްސަނދި، ކާމިޔާބު ފިރިހެނުން މިސާލު ދައްކާ ގޮތުގައި، ތަލަ ވުމަކީ ފިރިހެނެއްގެ ފިރިހެންވަންތަކަން އިތުރުކޮށްދޭކަމެކެވެ. އަދި އެކަން ޤަބޫލުނުކުރާ މީހުންނަކީ ހެއްކާއި ޤަރީނާއަށް ފުރަގަސްދޭ، ބޮޑު އޮޅުމެއްގެ ތެރޭގައި އުޅެން ލޯބިކުރާ ބައެއްކަމަށްވެސް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް