Advertisement

ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް - ޝަރީފް

01 Oct 2018 | 22:13

ރިޔާސީ އިންތިހާބާ ގުޅިގެން އިންތިހާބާ މެދު ޝަކުވާތަކެއް ހުރިކަމަށް ޕީޕީއެމް އިން ބުނަބުންދާ ދަނޑިވަޅެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ގެ އޯޑިއޯ އެއް ކަމަށް ތުހުމަތު ކުރާ އޯޑިއޯއެއް ސޯސަލް މީޑިއާގައި މިވަނީ ދައުރުވާން ފަށާފައެވެ. އަދި އީސީގެ ރައީސް ރިޝްވަތު ނަންގަވާފައިވާކަމުގެ ލިޔެކިޔުންތަކެއް ވެސް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.



މިކަމާ ގުޅިގެން އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ މިކަން ދޮގުކުރައްވާފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމާއި އެކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅުއްވާނެކަމަށެވެ.

މިއަދު ލީކް ވެފައިވާ އޯޑިއޯއާއެކު ވެރިކަން ކުރާ ޕާޓީ އަދި އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވި ޕީޕީއެމް އިން ދަނީ "އޮޅުވާލި ވޯޓް" ގެ ނަމުގައި މާލޭގައި އެއްވުމަށް ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް