Advertisement

ޓިމޮތީ ޝާލަމޭ އަށްފަހު މައިކަލް ބީ. ޖޯރޑަން ވެސް ތަފާތު ރެޑް ކާރޕެޓް ސްޓައިލަކާއެކު!

30 Jan 2019 | 08:44

މި އަހަރުގެ "ގޯލްޑަން ގްްލޯބްސް" އިނާމު ދިނުމުގެ ހަފްޟާއަށް 2017 ވަނަ އަހަރު "ކޯލް މީ ބައި ޔޯ ނޭމް" އިން މަޤްބޫލުވެގެންދިޔަ ޓިމޮތީ ޝާލަމޭ ދިޔައީ، އޭނާގެ ހެދުން މަތިން މީހުން އަޖައިބުކުރާ ފަދަ މޮޅު އެއްޗެއް ލައިގެންނެވެ.

އޭނާ ފެނިގެންދިޔައީ، ލައިގެން ހުރި ގަމީސް މަތިން މަޝްހޫރު ފެޝަން ބްރޭންޑް ލުއީ ވުޓޯންއިން ތައްޔާރުކޮށްފައިވާ "އެމްބްރޮއިޑެޑް ހާނެސް" ނުވަތަ ބިބް ނަމަކަށް ކިޔޭ ފާޑެއްގެ ކޮނޑުކެނޑިއެއް ލައިގެންނެވެ. ދިއްލޭ ގޮތަކަށް ޖަރީކޮށްފައިވާ ކަޅުކުލައިގެ ބިބް ލައިގެން ޓިމޮތީ ރެޑް ކާރޕެޓަށް އެރުން ވެގެންދިޔައީ ފެޝަންގެ ދުނިޔޭގައި އަޑުގަދަވެގެންދިޔަ ހާދިސާއަކަށެވެ. އަދި ޓިމޮތީއަށް ފަހު މިފަދަ ބިބަކުން ފެނިގެންދިޔައީ މަޝްހޫރު ސުޕާރހީރޯ ފިލްމް "ބްލެކް ޕެންތާރ" އިން ނުބަައިބައި ރޯލުން ފެނިގެންދިޔަ މައިކަލް ބީ. ޖޯޑަންއެވެ.

މައިކަލް ބީ. ޖޯޑަންވެސް "ބްލެކް ޕެންތާރ"ގެ އެހެން ތަރިންނެއް ފަދައިން "ސްކްެރީން އެކްޓާރސް ގިލްށް އެވޯޑްސް" އަށް ތައްޔާރުވީ އެންމެ ފުރިހަމަ ގޮތުގައެވެ.

އޭނާ ރެޑް ކާރޕެޓަށް އަރަން ތައްޔާރުވީ ޖެނަވަރީ 7 ވި ދުވަހު ޓިމޮތީ "ގޯލްޑަން ގްލޯބްސް" އަށް ތައްޔާރުވި ގޮތަށެވެ. އޭނާާ ލައިގެން ހުރި ސޫޓުގެ މަތިން މިފަހަރު މައިކަލް ވެސް ލާން ނިންމީ ލުއީ ވުޓޯންގެ އެއްކަލަކަހަލަ "ބިބް" އެކެވެ. މާތަކެއް ރަމްޒުވާގޮޮތަށް ޖަރީވެފައިވާ މި ހެދުން މައިކަލް ޚިޔާރުކުރުމުން ގިނަ ބަޔަކު ދަނީ މީ ފިރިހެނުންގެ ފެޝަނަށް ޓިމޮތީ އަށް އޮޅިގެން ގެނެވުނު އިންގިލާބެއްތޯ ސުވާލުކުރަމުންނެވެ.

ކޮންމެގޮތެއްވިޔަސް ޓިމޮތީ އާއި މައިކަލް ރެޑް ކާރޕެޓަށް ޚިޔާރުކުރި މި ސްޓައިލަކީ ކޮންމެ ކޮންމެ މީހަކަށް ލެވޭނެ ޒާތެއްގެ ހެދުމެއް ނޫނެވެ. ފިރިހެނުންގެ ފެޝަންގެ ދުނިޔޭގައި އަދި އަމްދުން މިހާ ތަފާތު ގޮތްތަކަށް ހެދުންއަޅާ ތަރިން މަދުކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މައިކަލް އާއި ޓިމޮތީ ދެމީހުންވެސް މިހެން ހެދުންއެޅުމުން ދޭހަވަނީ، ފިރިހެނުންގެ ފެޝަންގައިވެސް ތަފާތު، މޮޅު ގޮތްތަކެއް ޚިޔާރުކުރަން ކެރޭ ފަރާތްތަކެއް ވާކަމެވެ. އަދި މިފަދަ އާ، މޮޅު ހެެދުންއެޅުމުގެ ގޮތްތަކަކީ އަވަަހަށް ވައިގަހިފާނެ ވައްތަރުގެ ސްޓައިލްތަކެއް ކަމަށްވެސް މި ދެ ތަރިންގެ އިސްނެގުމުން އެނގިގެންދެއެވެ.

Advertisement

ކޮމެންޓް