Advertisement

ދިވެހިންގެ ތެރޭ މަޤްބޫލުވެގެންދިޔަ "ހާރލީ ކުއިން" އަނެއްކާވެސް ބޮޑު ސްކްރީނަށް!

31 Jan 2019 | 06:59

އެކްޓްރެސް މާރގޯ ރޮބީ ދަނީ އަނެއްކާވެސް އޭނާގެ އެންމެ މަޤްބޫލު އެއް ރޯލްކަމަށްވާ "ހާރލީ ކުއިން" ދެވަނަ ފިލްމަކުން ދައްކާލަން ތައްޔާރުވަމުންނެވެ. 2016 ވަނަ އަހަރުގައި ބެލުންތެރިންނާ ހަމަޔަށް އައި "ސުއިސައިޑް ސްކޮޑް" އިން މާރގޯ ފެނިގެންދިޔައީ، "ޑީ.ސީ ކޮމިކް ޔުނިވާރސް" އެންމެ ކާމިޔާބު އެއް ކެރެކްޓާރ ކަމަށްވާ "ހާރލީ ކުއިން" ގޮތުގައެވެ.

މިހާރު މާރގޯ ވަނީ 2020 ގައި ނެރެން ތައްޔާރުކުރާ "ޑީ.ސީ އެކްސްޓެންޑެޑް ޔުނިވާރސް" ގެ "ބާރޑްސް އޮފް ޕްރޭ" ފިލްމުގައި އަނެއްކާވެސް ހާރލީ ގެ ރޯލުން ފެނިލުމުގެ މަސައްކަތް ފަށާފައެވެ. މި ފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ ކާމިޔާބު އަންހެން ޑައިރެކްޓާ ކެތީ ޔޭން އެވެ.

މާރގޯ ރޮބީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފޭނުންނާއެކު ހާރލީ ކުއިންގެ އާ ސިފަ ހިއްސާކޮށްފައެވެ. އެންމެ ފުރަތަމަ "ސުއިސައިޑް ސްކޮޑް" އިިން ފެނުނު ހާރލީ އާއި "ބާރޑްސް އޮފް ޕްރޭ" އިން ފެންނާނެ ހާރލީގެ ކެރެކްޓާރ ވަރަށް ތަފާތުވާނެކަން ބޭރުފުށުން މާރގޯ ލައިގެން ހުރި ހެދުމުންވެސް ފާހަގަކޮށްލެވެއެވެ.

މާރގޯ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގައި އޭނާަ ފެނިގެންދަނީ "ބްރޫސް" ލިޔެގައިވާ ފަށެއްވެސް އަޅައިގެންނެވެ. ފޭނުން ޤަބޫލުކުރާގޮތުގައި މިއީ "ބާރޑްސް އޮފް ޕްރޭ" ފިލްމުގައި ހަރލީ ކުއިން ބްރޫސް ވޭން ގެ ކެރެކްޓާރ އާއި ކޮންމެވެސް ގޮތަކަށް ބަށްދަލުވާނެކަމުގެ އިޝާރާތެކެވެ.

19 ސިކުންތުގެ ކުޑަ ވިޑިއޯ ކްލިޕް އެއްވެސް އިންސްޓަގްރާމް މެދުވެރިކޮށް މާރގޯ ވަނީ އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ. މި ވިޑިއޯގައި ހާރލީއާއެކު "ބާރޑްސް އޮފް ޕްރޭ" އިން ފެނިގެންދާނެ ގިނަ ތަރިންތަކެއްވެސް ދައްކާލާފައިވެއެވެ. އެގޮތުން "ހަންޓްރެސް" ގެ ރޯލުން މޭރީ އެލިޒަބެތް ވިންސްޓެޑް، "ބްލެކް ކެނޭރީ" ގެ ރޯލުން ޖޫރނީ ސްމޮލޭ-ބެލް، އަދި "ޑެޓެކްޓިވް ރެނޭ މޮންޓޯޔާ" ގެ ރޯލުން ރޯޒީ ޕެރެޒް މި ފިލްމުން ފެނިގެންދާނެކަން މާރގޯ ގެ ވިޑިއޯއިން ހާމަވެގެންދެއެވެ. އަދި ވަރުގަދަ އަންހެން ފަންނާނުންތަކެއްގެ އިތުރުން މި ފިލްމުން އެކްޓާރ އީވާން މިކްގްރެގޯރ "ބްލެކް މާސްކް" ގެ ރޯލުން ފެނިހެންދާނެކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް