އޮޅުވާލި ވޯޓް މުޒާހަރާ ބޯވާރޭގައި ފެށިގެން ކުރިއަށް

01 Oct 2018 | 23:10

އޮޅުވާލި ވޯޓް ނަމުގައި ޕީޕީއެމް އޮފީސް ސަރަހައްދުގައި އެއްވެ އަޑު އުފުލަމުން އެބަ ގެންދެއެވެ.

މިއީ ޕީޕީއެމް ސަރުކާރުގައި ޕީޕީއެމް މުޒާހަރާއަކަށް ނިކުތް ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެެވެ.

މި އެއްވުން މިރޭ 9 ޖެހި އިރު މަދު ބަޔަކާ އެކު ފެށުނު ކަމުގައި ވިޔަސް މިހާރު ބޯވާރޭގައި 50 އަކަށް ބައިވެރިންނާއި އެކު އަޑު އުފުލަމުން އެބަ ގެންދެއެވެ.

އެއްވުމަށް ވަނީ އެޗްޑީސީގެ ބޮޑު ބަހެއް ފުރައި މީހުން ގެނެސްފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި އެއްވުމުގައި އީސީ ރައީސް އަހްމަދު ޝަރީފް ގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށާއި އެކަމަށް އިންސާފު ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

މި އެއްވުން ލީޑް ކުރެއްވުމުގައި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން އަދި ސަރުކާރުގެ ތަރުޖަމާން މުއާޒް ހަރަކާތްތެރިވާތަން ފެނެއެވެ.

Advertisement

ކޮމެންޓް