ޖޭޕީން ވާދަކުރާނީ މަޖިލީހުގެ 31 ގޮނޑިއަށް!

30 Jan 2019 | 23:14

މިއަހަރުގެ އެޕްރީލްމަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނީ 31 ދާއިރާއަަށް ކަމަށް އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިރޭ އެޕާޓީގެ މައި ޖަގަހަ ކަމުގައިވާ މ.ކުނޫޒުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޖޭޕީގެ ފަރާތުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލާ ފަރާތް ހޮވުމަށް ނިންމާފައިވަނީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ހަމަޖެހިފައި އޮތީ މަޖިލީހުގެ ގޮނޑި ލިބޭ ފަރާތްތައް ކޮމެޓީއަކުން ކަނޑައަޅާގޮތަށެވެ. މި ކޮމެޓީގައި ފަސް މެންބަރުން ތިއްބަވާއިރު، ކޮމެޓީގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހުނީ އެޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

ނަަމަވެސް އެބާރު އެޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފައެވެ.

ޖޭޕީ ކައުންސިލުން ނިންމި ނިންމުމާ ގުޅޭ ގޮތުން މިރޭގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ޕާޓީން ވާދަ ކުރާ ދާއިރާތަކުގެ ތެރެއިން ޓިކެޓް ދޭން މިވަގުތު ދޭނެ ފަރާތް ނިންމާފައިވަނީ ކުރިންވެސް މެންބަރުން ތިބި ދާއިރާތަކަށް ކަމަށެވެ. 


Advertisement

ކޮމެންޓް

Advertisement