ދެވަނަ ލެގުގައި ސެވިއްޔާގެ މައްޗައް ބާސާއިން ކުރިހޯދައިފި

31 Jan 2019 | 11:00

ކޮޕާ ޑެލް ރޭގައި ބާސެލޯނާ އަދި ސެވިއްޔާ ބައްދަލުކުރި ދެވަނަ ލެގުގައި 6-1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ ބާސެލޯނާ މުބާރާތުގެ ޖެހިގެން އޮތް ބުރު ކަށަވަރުކޮށްފިއެވެ. މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގައި ސެވިއްޔާވަނީ ބާސެލޯނާގެ މައްޗައް 2-0 ކުން ކުރި ހޯދާފައެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކޫޓީނިއޯ، ރަކިޓިޗް، ރޮބާޓޯ، ސުއަރޭޒް، އަދި މެސީއެވެ. ކޫޓީނިއޯވަނީ މި މެޗުގައި ބާސެލޯނާއަށް ދެ ލަނޑު ޖަހައިދީފައެވެ.

ސެވިއްޔާގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ އަރާނާ ލޮޕޭސްއެވެ.

މި ނަތީޖާއާއެކު ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ކޮޕާ ޑެލް ރޭގެ ޗެންޕިއަންކަން ހޯދާފައިވާ ބާސެލޯނާ ޖެހިގެން އޮތް ބުރަށް ދަތުރުކޮށްފައިވަނީ 6-3 ގެ އެގްރިގޭޓުންނެވެ.

މުބާރާތުގެ ކުރިއަށް އޮތް މެޗުގައި ރެއާލް މެޑްރިޑް ޖިރޯނާއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގް ނިމުނީ 4-2 ކުން ރެއާލް ކުރީގައި އޮވެގެންނެވެ. 

Advertisement

ކޮމެންޓް

Advertisement