Advertisement

ދިރާގު ދިވެހި ޕްރިމިއަރ ލީގް: ފެހެންދޫ ކޮޅަށް ނިއުއިން ގޯލް ފުންނެއް

02 Oct 2018 | 07:08

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބ. ފެހެންދޫއާއި ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކޮށްފިއެވެ. މި މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކޮށް ފައިވަނީ 11 ލަނޑު 0 ލަނޑުންނެވެ.

ނިއުރޭޑިއަންޓުގެ ލަނޑުތައް ޖަހާއިދީފައިވަނީ ރުއީޒް އޭންޖެލް، އަލީ ފާސިރު، ކިޕްސަން، ހަމްޒާ މުހައްމަދު، މުހައްމަދު އުމައިރު، ރިހާމް އަބްދުލް ގަނީ، ހަސަން އަދުހަމް އަދި އިބްރާހިމް އަތީގެވެ.

މެޗުގެ މޮޅުކުޅުން ތެރިޔާއަކީ މި މެޗުގައި ހެޓްރިކް ހެދި އަލީ ފާސިރެވެ.

މި މެޗުން މޮޅުވުމާއެކު ލިބުނު 13 ޕޮއިންޓާއެކު އެއްވަނައިގަ އޮތް ޓީސީއާއި ނިއުރޭޑިއަންޓާ ދެމެދު އޮތީ 2 ޕޮއިންޓުގެ ފަރަގެކެވެ. ފެހެންދޫ އޮތީ ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ. 

Advertisement

ކޮމެންޓް