ދުނިޔެއަކީ ފަތާ ތަނެއްކަމަށް ދައުވާ ކުރާ މީހުންނަށް ހާއްސަ ޓީވީ ޝޯއެއް އުފައްދަނީ؟

22 Feb 2019 | 17:07

ދުނިޔެއަކީ އެކި ކަހަލަ ފިކުރުގެ މީހުން ޖަމާޢަތް ހަދައިން އެކީގައި ދިރިއުޅެމުން އަންނަ ތަނެކެވެ. އެންމެ އިހުގެ ފަލަކީ ދިރާސާތަށް ކުރާ ފަރާތްތަކާއި އަދުގެ ކުރިއަރާފައިވާ ސައެންސް އިއްތިފާޤުވާ ގޮތުގައި، ދުނިޔެއަކީ ވަށްކޮށް އޮންނަ ތަނެކެވެ. އެހެންނަމަވެސް އިންސާނުންގެ މެދު އުފެދިފައިވާ އެއްކަލަ ތަފާތު ޖަމާޢަތްތަކުގެ ތެރޭގައި، ދުނިޔެއަކީ ފަތާ ތަނެއް ކަމަށް ދަޢުވާ ކުރާ ބަޔަކުވެސް ހިމެނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް އިރު އަރާ ފައިބާ ގޮތާއިމެދު ރަނގަޅަށް ވިސްނާލިޔަސް ދުނިޔެއަކީ ފަތާ ތަނެއް ނޫންކަން ހަމަ ބުއްދި ހުންނަ މީހަކަށް ޤަބޫލުކުރެވޭނެއެވެ. އެކަމަކުވެސް ޒަމާނުންސުރެ އަޅުގަނޑުމެންގެ މި ދުނިޔެއަކީ ފަތާ ތަނެއް ކަން ޤަބޫލުކޮށް، ސައެންސްގެ ތަފާތު ހޯދުންތަކަށް ގޮންޖަހާ ބަޔަކުވެސް އަޅުގަނޑުމެން ތެރޭގައި އުޅެއެވެ. އަދި 21 ވަނަ ޤަރުނުގައި މި ޖަމާޢަތުގެ މީހުންނަށް ކިޔާ އުޅެނީ "ފްލެޓް-އާތާރސް" އެވެ.

ދާދި ފަހުން މަޝްހޫރު މުުއާސަލާތީ ވެބްސައިޓް "ރެޑިޓް" ބޭނުންކުރާ ފަރާތަކުން ވަނީ މި "ފްލެޓް-އާތާރސް" އަށް ހާއްސަ ޓީވީ ޝޯ އެއްގެ ޚިޔާލު މުޅި (ވައްކޮށް އޮންނަ) ދުނިޔެއާ ހިއްސާކޮށްފައެވެ.

ރިޔެލިޓީ ޓީވީ އިން ކިމް ކާރޑޭޝިއަން ފެނި ފެނި ފޫހިވެތިބި ޒުވާން ޖީލު ދެކޭ ގޮތުގައި، މި "ފްލެޓް-އާތާރސް" ދުނިޔެއަކީ ހަމަ އަސްލުވެސް ފަތާ ތަނެއްކަން ސާބިތުކޮށްދޭން އުޅޭ ގޮތް ބަލަން މާ މަޖާވާނެއެވެ. އަދި އެހާ ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ބުއްދި ޤަބޫލުނުކުރާހާ ގޯސް ފިކުރެއް ދުނިޔެ މަތީގައި ދެމި އޮތީ ކިހިނެއްތޯއާއި، މި މީހުން ދައްކާ ވާހަކައިގައި އެއްވެސް އޮށްޓަރެއް ހުރި ތޯ ނޫން ތޯ ބަލަން ބޭނުންވާ ފަރާތްތަށްވެސް މިފަދަ ޝޯ އަކަށް ތާޢީދުކުރާނެ ވާހަކަ ދަނީ އިންޓާރނެޓްގައި ހިއްސާކުރަމުންނެވެ.

Advertisement

ކޮމެންޓް