ފަސޭހަ ގޮތަކަށް އިންސްޓަގްރާމް ފީޑް ރީތިކޮށްލަން ބޭނުންތަ؟

03 Feb 2019 | 10:46

މީސް މީޑިއާ ބޭނުންކުރަން ހުޅުވާލާ ކޮންމެ ފަހަރަކުވެސް ތިބާގެ އިންސްޓަގްރާމް ފީޑް އިތުރަށް ރީތިކޮށްލުމާއި މެދު ވިސްނާލެވޭތޯ؟ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިއްގައިމު ވަގުތުތަޖެއް ހޭދަކޮށްލަން ލިބޭ ފަރާތްތަކުން ރީތި ފޮޓޯތަށް ފޮލޮވާރޒް އާއިއެކު ޙިއްސާ ކުރަން އިންސްޓަގްރާމުން ހުޅުވާލާފައިވާ ފުރުސަތުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ބައިވެރިވެއެވެ.

ކޮންމެ މީހަކުވެސް ބޭނުންވަނީ އެންމެ ރީތި ފޮޓޯ ނަގާފަ ޕޯސްޓްކުރާށެވެ. އަދި އެންމެ ފަހަރަކުވެސް މި ކިޔާ "އެންމެ ރީތި" ފޮޓޯ ނަގަން މަސައްކަތްކޮށްފި މީހަކަށް މިއީ އެއްވެސް ގޮތަކަށް ފަސޭހަކަމެއް ނޫންކަން ހުންނަނީ ދަސްވެފައެވެ.

މަޝްހޫރު ސެލެބްރިޓީންގެ އިތުރުން އިންސްޓަގްރާމް ކުރުން ވަޒީފާއަކަށް ހަދައިގެން ފޮޓޯތަށް ހިއްސާކުރާ ފަރާތްތަށް ނަގާ ފޮޓޯތަކާއި، އާންމު ރައްޔިތުމީހާ ނަގާ ފޮޓޯގެ ދެމެދު އުޑާއި ބިމުގެ ތަފާތު ހުރުން އެކަށީގެންވެއެވެ. ޕްރޮފެޝަނަލް ކެމެރާއެއްގެ ފޮޓޯ އާއި އައި ފޯން ނުވަތަ އެންޑްރޮއިޑް ގެ ފޮޓޯ އެއްގޮތެއް ނުވާނެއެވެ.

އެކަމަކު ފޯނަކުންވެސް ރަނގަޅު އުކުޅުތަކާއި އެޑިޓިންގް ބޭނުންކޮށްގެން ރީތި ފޮޓޯ ނެގޭނެކަން ވަނީ ބައެއް މީހުންގެ އާދަޔާޚިލާފް އިންސްޓަގްރާމް ފީޑްތަކުން ސާބިތުކޮށްދީފައެވެ.

ތިބާގެ މޫނު އެންމެ ރީތިވަނީ ކޮންފަޅިއަކުން ފޮޓޯނެގީމަތޯ ޔަޤީންކޮށް ބުނަން އެނގޭނީ މަދު ބަޔަކަށެވެ. އެހެންނަމަވެސް ތަނުގެ އަލިކަން ހުރި މިންވަރާއި، ފޮޓޯ ނަގާއިރު ފޯނާއި މީހާއާ ދޭތެރޭ ހުންނަ ދުރުމިން ފަދަ ކުދި ކުދި ކަންތައްތަކުގެ އެހީގައި އާދައިގެ ފޮޓޯ އެއް އާދަޔާ ޚިލާފު ފޮޓޯއަކަށް ހެދިދާނެއެވެ. ދެން ފަހަރަކުން އިންސްޓަގްރާމް ކޮށްލަން ފޮޓޯއެއް ނެގުމުގެ ބަދަލުގައި، ރަނގަޅަށް މި ދެންނެވި ކަންތަކަށް ސަމާލުކަންދީ، އާދަޔާ ޚިލާފު ފޮޓޯ އެއް ނެގުން އެއީ ތިބާގެ އިޚްތިޔާރުގައިވާ ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement