ޑާންސް ޕްލަސްގެ ހަތަރުވަނަ ސީޒަން ކާމިޔާބު ކުރީ ޗޭތަން ސަލުންކޭ

03 Feb 2019 | 11:02

އިންޑިއާގެ ޕޫނޭގެ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތް ޗޭތަން އެ ޝޯ ކާމިޔާބްކޮށްފައިވަނީ ޗޭތަންގެ އިތުރުން ފައިނަލްގައި ވާދަކުރި އާންޗަލް ސޫޖަލް ވާރތިކާ އަދި ވީ އަންބީޓަބަލް އާއި ވާދަކޮށްގެންނެވެ. ޝޯގެ ޓްރޮފީގެ އިތުރުން އޭނާ އަށް ވަނީ 25 ލައްކަ ރުޕީސް ވެސް ލިބިފައެވެ.

އުމުރުން 19 އަހަރުގެ ޗޭތަން އަކީ އެ ޝޯގެ ޖަޖުންގެ ތެރެއިން ޕުނީތު ޖޭ ޕަޓަކުގެ ޓީމަށް ނިސްބަތްވާ ކުއްޖެކެވެ. ޝޯގެ ސެކަންޑް ރަނާރ އަޕްއަށް ހޮވިފައިވަނީ އާންޗަލް ސޫޖަންގެ ޖޯޑެވެ. އާންޗަލް ސޫޖަން އަކީޗެސް ޕުނީތު ޓީމްގެ ބައިވެރިންނެވެ.

ޕޫނޭއަށް އުފަން ޗޭތަން އަމިއްލައަށް ޑާންސް ކުރަން ދަސްކޮށްފައިވާ ކުއްޖެކެވެ. އޭނާ ޑާންކުރަން ދަސްކޮށްފައިވަނީ ޔޫޓިއުބުން ވީޑިއޯތައް ބަލައިގެންނެވެ.

އޭނާގެ ޓްރޮފީ ހަދީޔާ ކޮށްފައިވަނީ އޭނާގެ މައިންބަފައިންނަށެވެ. އާމްދަނީ ހޯދުމަށް އޭނަގެ މަންމަ ގޭގެއަށް ގޮސް މަސައްކަތްކޮށްދޭއިރު، އޭނަގެ ބައްޕައަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހެކެވެ. ޗޭތަންގެ އޮޑިޝަންގައި އޭނާގެ މަންމަ ބުނެފައިވަނީ އެމީހުންނަކީ ފަގީރުން ކަމަށާއި، ފަގީރުން ހުވަފެން ނުދެކޭނެ ކަމަށެވެ.

ޗޭތަން ޝޯކާމިޔާބް ކުރުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަނީ އޭނާގެ މައިންބަފައިންނަށެވެ. އެމީހުން ވަނީ ޗޭތަންއަށް ވޯޓްކުރި އެންމެނަށް ޝުކުރުއަދާކޮށްފައެވެ.

ޓްރޮޕީއާކު ލިބުނު ފައިސާއަށް އޭނާ ހަދާނީ ކިހިނެއްތޯ އިންޑިއާގެ މީޑިއާކުން ސުވާލުކުރުމުން ޗޭތަން ބުނެފައިވަނީ އޭނާ ބޭނުންވަނީ އޭނާގެ މައިންފައިންނަށް ގެއެއް ގަނެދީ އެމީހުން އުފަލުގައި ބޭތިއްބުމަށް ކަމަށެވެ.

Advertisement

ކޮމެންޓް