ގްރޭޓާ މާލެ ކުންފުނީގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކޮށްފި

06 Feb 2019 | 20:20

ގްރޭޓާރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނަށް ވިހެމާއި ގުޅިގެން ދޭ ޗުއްޓީ އިތުރުކޮށްފިއެވެ.

ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަމަސް ދިނުމަށްފަހު، ފިރިހެނުންނަށް މުސާރައާއެކު އެއްމަސް ދުވަސް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެވައުދު ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ އިރު ގްރޭޓާރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިވަނީ އެތާނގަ އަންހެން މުވައްޒަފުންނަށް 6 މަހުގެ ޗުއްޓީ މުސާރައާއެކު ދިނުމަށް ނިންމާފައެވެ. އަދި ފިރިހެން މުވައްޒަފުންނަށްވެސް މުސާރައާއެކު އެއްމަހުގެ ޗުއްޓީ ދިނުމަށް ގްރޭޓަރ މޭލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިވަނީ ނިންމާފައެވެ.

މިކަން ހާމަކޮށް ގުރޭޓާރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްދީފައިވާކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް 60 ދުވަހުގެ ޗުއްޓީއެއް ދޭން ޖެހޭނެ ކަމަށެވެ. ހުރިހާ މުއައްސަސާއަކުން އަމަލުކުރަނީ މި ގާނޫނުގައި ބުނެފައިވާ ގޮތަށެވެ.

ނަމަވެސް މިގާނޫނަށް އަދި ބަދަލުގެނެސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް