މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަކީ އެއްވެސް ދިރާސާ ކުރުމެއްނެތި ހަދާފައިވާތަނެއް: ކައުންސިލް

02 Oct 2018 | 23:18

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅައިލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލާފައިވަނީ ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ރަށުތެރެއަށް ލޮނު އަރާ ފެންބޮޑުވެ ގެއްލުންތައް ވަމުން ދާތީ ކަމަށް އެރަށު ރައްޔިތުން ބުނެފިއެވެ.

މިކަން ވަނީ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީ ބޭއްވި ވޯޓު އޮޅުވާލީ އެއްވުމުގައި ރައީސް ޔާމީން ވެސް ކުއްވެރިކުރައްވާފައެވެ.

އަދި މިއީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ޕީޕީއެމް ނާކާމިޔާބުވުމުން މި ސަރުކާރުގެ ތަރައްޤީ ގެ މަސްރޫއަށް ދިން ގެއްލުމެއް ގޮތުގައި ސިފަކުރައްވާފައެވެ.

ހޯޑެއްދޫ ކައުންސިލް އިން ހާމަކުރާގޮތުގައި މި ކޯޒްވޭއަކީ އެއްވެސް ދިރާސާ ކުރުމެއްނެތި ހަދާފައިވާތަނެއްކަމަށެވެ.

އަދި މީގެ ކުރިން ތިންފަހަރެއްގެމަތިން އެ ސަރަހައްދުން ލޮނުގަނޑު ރަށުތެރެއަށް އަރައި ގިނަ ގެއްލުންތަކެއް ވެފައިވާކަމަށް ކައުންސިލުން ހާމަކުރައްވައެވެ.

Advertisement

ކޮމެންޓް