Advertisement

ބީއެމްއެލްގެ ލުއި ލޯން ތިންލައްކަ ރުފިޔާއަށް ބޮޑުކުރަނީ

06 Feb 2019 | 20:23

ބީއެމްއެލްގެ ލުއި ލޯން ސްކީމްގެ ދަށުން ލޯން ދެވޭނެ އެންމެ ބޮޑު އަަދަދަކީ 300،000 ރުފިޔާކަމަށް އެ ބޭންކުން ކަނޑައަޅައިފިއެވެ.

މީގެ ކުރިން އެ އަދަދަކީ 100،000 ރުފިޔާއެވެ.

އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުޙައްމަދު ޝަރީފް ވިދާޅުވީ، ކުރިން ބީއެމްއެލް އިން ދޫކުރާ 15 ހާސް ރުފިޔާގެ ލޯނުގެ އަދަދު، އެއްލައްކަ ރުފިޔާއަށް އިތުރުކުރެވިފައިވާކަމަށާއި އަދި މަސައްކަތް ކުރަމުން ދަނީ މި އަދަދު ތިންލައްކަ ރުފިޔާއަށް ހެދުމަށްކަމަށެވެ. މިކަންކަން ކުރެވޭނީ ހަރުދަނާ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ އެއް ގާއިމްވެފައި އޮތުމުންކަން އެބޭފުޅާ ފާހަަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރީފް އިތުރަށް ވިދާޅުވީ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ސަބަބުން، އަދި ބިއުރޯ އިން އަމިއްލައަށް ރިޕޯޓު ނެގުމުގެ ޚިދުމަތްތަކުގެ ސަބަބުން ބީއެމްއެލް އިން ލޯނު ދޫކުރެވޭ އަދަދު އިތުރު ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އެއީ މި ބިއުރޯގެ ސަބަބުން ލޯނު ޕްރޮސެސް ވުމަށް ހިނގާ ވަގުތު ކުޑަވެގެންދާތީކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހަމައެހެންމެ، ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ އެތައް ޚިދުމަތެއް އޮންލައިންކޮށް ލިބެން ފެށުމާއެކު ބީއެމްއެލް އިން ލުއި ލޯނުގެ ގޮތުގައި ދޭ އަދަދުތައް އިތުރުކޮށް، އިތުރު އައު ލޯނުތަކެއް ތަޢާރަފް ކުރަން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް