Advertisement

80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

06 Feb 2019 | 22:30

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 80 ބިދޭސީން އިމިގްރޭޝަންގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން މިއަދު ގެންދިޔަ ބިދޭސީން، ސްކްރީން ކުރުމަށްފަހު އޭގެ ތެރެއިން ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަންޖެހޭ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ އޮޕަރޭޝަނުގައި ޒިކުރާ މިސްކިތް ސަރަހައްދުން ފެށިގެން މާވެޔޮމަގާއި އެ މަގާއި ގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި މާފަންނު ގަޑިބުރު ސަރަހައްދުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިއުމެއް ނެތް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އެ ފަރާތްތައް ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއްވާނަމަ، އިމިގްރޭޝަން ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ ފަދަ ފަރާތްތަކާ މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

ކޮމެންޓް