ޕާކިސްތާން ބަލިކޮށް ބަންގުލަދޭޝް ސެމީ ފައިނަލާ ގާތަށް

06 Sep 2018 | 22:37

މެޗުގެ ފަހު ކޮޅު ޕާކިސްތާން ކޮޅަށް ޖެހި ލަނޑުން، 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތުގެ ސެމީ ފައިނާލާ ގާތަށް ބަންގުލަދޭޝް ޖެހިލައިފި އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ދެ ވަނައިގައި އޮތީ މިއަދު ބޫޓާން އަތުން މޮޅުވި ނޭޕާލް އެވެ. ނޭޕާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މެޗުގެ 85 ވަނަ މިނެޓްގައި، ބަންގުލަދޭޝްގެ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ޓޮޕޫ ބާމަން އެވެ.

މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް ބީ'ގެ މެޗެކެވެ. ރާއްޖޭގަޑިން މާދަމާ އިރުއޮއްސި 6:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ސްރީލަންކާއެވެ. ލަންކާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ބަލިވެފައިވާ އިރު، މާދަމާގެ މެޗަކީ ރާއްޖެ ކުޅޭ ފުރަތަމަ މެޗެވެ.

Advertisement

ކޮމެންޓް

Advertisement