ހުޅުމާލޭގައި އިތުރު 4 ހާސް ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކުރާނަން: ރައީސް ސޯލިހު

07 Feb 2019 | 11:51

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ހުޅުމާލޭގައި އިތުރު 4000ހައުސިންގް ޔުނިޓް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އޮތް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4،000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، ނޭޝަނަލް ހައުސިންގ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ގަސްތުކުރަައްވާކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން"، ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މާލެއަކީ ތޮއްޖެހިފައިވާ ތަނެއްކަން ބަޔާންކުރައްވަމުން ރައީސް ސޯލިހު މިއަދު ވަނީ މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައިވާކަަމަށް ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް