Advertisement

ވެރިކަމާއި ހަވާލުވިއިރު ކިލަަނބުނުވާ އެންމެ އިދާރާއެއްވެސް ނެތް: ރައީސް ޞާލިހު

07 Feb 2019 | 11:38

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ކިލަނބުނުވާ ދައުލަތުގެ އެއްެވެސް އިދާާރާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އޮތް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު ކޮރަޕްޝަނާއި ވައްކަމުގެ އަަސަރެއް ނުކުރާ ގުނަވަނެއްވެސް ދައުލަތުގައި ނެތްކަމަށާއި ފަސާދައާ ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް ނެތްކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނު މަގާމަށް އިސްކުރީ ކޮރަޕްޝަނާ ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހާތްތެރިކަމާއި އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

"އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ"، ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް