Advertisement

ސޯނާގެ "މުންގްޑާ" ބެލުންތެރިންނަށް ކަމަކު ނުދިޔަ

08 Feb 2019 | 19:31

"މުންގްޑާ"ގެ ރީމޭކަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

1978ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކާމިޔާބު ލަވައެއް ކަމަށްވާ "މުންގްޑާ"ގެ ރީމެކެއް މިވަނީ ހަދާފައެވެ. ލަވައިގައި ސޮނާކުޝީވަނީ ފަރިހަރަކާތްތަކެއް ދައްކާފައެވެ. ނަމަވެސް މިލަވަ އެއްވެސް ވަރަކަށް ވައިގައި ނުހިފިއެވެ.

އިހުގެ ލަވައިން ފެނިގެން ގޮސްފައިވަނީ ބޮލީވުޑެ މަޝްހޫރު ތަރިއެއް ކަމަށްވާ ހެލަން އެެވެ. މިހާރުގެ ލަވަޔަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒްެފައިވާއިރު އެލަވަ ސޮނާކްޝީއާއި އެއްވެސް ވަރަކަށް ނުގުޅޭކަމަށް އެމީހުން ބުނެފައިވެއެވެ. އަދި ހެލަން އާއި އެއްވެސް ވަރަކަށް ގާތްކުރެވޭ ވަރަކަށްވެސް ސޯނާއަށް ޕާރފޯމް ކުރެވިފައި ނުވާކަމަށްވެސް އެލަވަޔަށް ފާޑުކިޔާ މީހުން ބުނެފައިވެއެވެ.

މުންގްޑާގެ ރިމިކްސްއަށް ފާޑުކިއުން އަމާޒް ވެފައިވަނީ ހަމައެކަނި ބެލުންތެރިންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެލަވަޔަށް ވަނީ ބޮލީވުޑުގެ ތެރެއިން ވެސް ފާޑުކިއުން އަމާޒްވެފައެވެ. އެގޮތުން އެލަވައިގެ އަސްލު ލަވަ ކޮންޕޯސްކުރި ރާޖޭސް އަދި ލަވަ ކިޔާފައިވާ އުޝާ މަންެގެޝްކަރުވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ރާޖޭސް ބުނެފައިވަނީ އެފަދަ ލަވަތަކުގެ އަސްލު ގެއްލޭގޮތަށް ރިމިކްސް ހަދަމުންދާ ކަމަށާއި، ނަމަވެސް އެއަށް ގިނަ މީހުންގެ ތަރުހީބު ނުލިބޭކަމަށެވެ. އަދި މިއަދު ފިލްމުތައް އުފައްދާ ފަރާތްތަކުން ކުރީގެ ލަވަތަކުގެ ރީމިކްސް ހަދަނީ އެމީހުންގެ އާލަވަތައް ވައިގައި ނުހިފަފާނެތީކަމަށްވެސް ރާޖޭސް ބުނެފައިވައެވެ.

އަދި އުޝާ މަންގޭޝްކަރު ބުނެފައިވަނީ ލަވަތަކުގެ ރިމޭކްސް މީހުން ހަދަމުންދަނީ އެލަތައް ހަލާކުކޮށްލަން ކަމަށާއި، އެފަދަ ލަވަތަކުގެ ރީމިކްސް ހަދާއިރު އެމީހުންގެ ފަރާތުން އެއްވެސް ވަރަކަށް ހުއްދަވެސް ހޯދާފައި ނުވާކަމަށް އުޝާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement