Advertisement

ދަރިފުޅު މޫނު ބުރުގާ އެޅީ މަޖުބޫރުކޮށްގެނެއް ނޫން: އޭއާރް ރަހުމާން

10 Feb 2019 | 12:22

ބޮލީވުޑުގެ ލަވަކިއުންތެރިޔާ އޭ އާރް ރަހުމާންގެ ދަރިފުޅު މޫނު ބުރުގާ އަޅައިގެން ހުރުމުން އާމަޒުވި ފާޑުކިޔުން ތަކަށް އޭ އާރް ރަހުމާން ރައްދު ދީފިއެވެ.

ސްލަމް ޑޯގް މިލިއަނާރ އަށް އޮސްކާ ލިބުނުތާ ދިހަ އަހަރު ފުރިގެން ބޭއްވި ހަފްލާގައި އޭއާރް ރަހުމާން ބައިވެރިވެފައިވަނީ އޭނާގެ އަންހެން ދަރިފުޅާއެކުގައެވެ.

އެހަފްލާގައި ބައިވެރިވި އެންމެންގެ ތެރެއިން މީޑިއާއާއި އަދި އެހެން މީހުންގެ ލޯތައްވެސް ހުއްޓުނީ އޭއާރް ރަހުމާންގެ އަންހެން ދަރިފުޅަށެވެ.

އެ ހަފްލާގައި އޭއާރް ރަހުމާންގެ ދަރިފުޅު ޚަދީޖާ ވާހަކަވެސް ދައްކާފައިވާއިރު، އޭނާ އަށް އެންމެންގެ ލޯ ހުއްޓުނު ސަބަބަކީ އޭނާ މޫނު ބުރުގާ އަޅައިގެން ހުރުމެވެ. ހަމައެކަނި ލޯ ފެންނަ ގޮތަށް އޭނާ މޫނު ބުރުގާއި އަޅައިގެން ހުރުމުން ގިނަ ބަޔަކު ވަނީ އޭއާރް ރަހުމާން އަދި އޭނާގެ ދަރިފުޅު ޚަދީޖާއަށް ފާޑުކިޔާފައެވެ.

އެންމެ ފަހުން އޭއާރް ރަހުމާން މިވަނީ އެއަށް ފުރިހަމަ ރައްދެއް ދީފައެވެ. އެގޮތުން އޭނާގެ އިސްޓަރ ގްރާމްގައި އޭނާގެ ތިން ކުދިންގެ ފޯޓޯއެއް ޕޯސްޓް ކުރަމުން އޭނާ ބުނެފައިވަނީ ޚަދީޖާ މޫނު ބުރުގާ އެޅުމަކީ އެކުއްޖާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި ޚަދީޖާވެސް ވަނީ މޫނު ބުރުގާ އަޅާފައިވަނީ އޭނާ އަމިއްލަ އަށް ބޭނުންވ ވެގެން ކަމަށް ބުނެފައެވެ.

އަދި މޫނު ބުރުގާ އަޅަން އާއިލާގެ އެއްވެސް މީހަކު އޭނާއަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށްވެސް އޭއާރް ރަހުމާން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement