މާލޭގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ

09 Feb 2019 | 10:45

މާލޭގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެއެވެ.

އެގޮތުން ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމު އެކެއްޖަހާ އެހާކަންހާއިރު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ދޮރުމަތިންނެވެ. އެ އެކްސިޑެންޓްފައު އަނިޔާވި ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް އެހެން ސައިކަލަކާއި އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުުކުރެވި ޕާރކް ކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އެމީހުންއޯވާރ ޓޭކް ކުރަން އުޅުނު ސައިކަލްގައި އިންމީހާއަށް ވެސް އަނިޔާވެފައިވާ މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

އަދި މިމީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މަންޒަރު ދުށް ބައެއް މީހުން އަދި މި މީހުން ހޮސްޕިޓަލަށް ގެނގޮސްފައިވަނީ ފުލުހުންގެ ވެހިކަލްގައި ކަމަށާއި، އެމީހުން ނަގައިގެން ދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ރޭ ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ އެއްގަޑި ތިރީސް ހާއިރު ރިންގްރޯޑްގައި ހުންނަ ސެނެހިޔާ ކުރިމަތިންނެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ދެސައިކަލް ޖެހިގެން ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ދެ އަންހެނަކާއި ދެފިރިހެނަކަށް އަނިޔާވެފައިވެއެވެ. އަދި އޭގެތެރެއިން އެންމެ ބޮޑަށް އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު އަނެއް ތިން މީހުންނަށް ފަރުވާ ދެމުން އަންނަނީ ސެނެހިޔާގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓް ތައް ގިނަވެފައިވާއިރު ރައްކާތެރި ގޮތުގައި މަގު ބޭނުންކުރާނެ ގޮތްތަކަށް ރައްޔިތުން އަހުލުވެރި ކުުރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސެނެހިޔާ ސަރައްހަދުގައި ރޭގައި ވެސް އެކްސިޑެންޓެއް ހިނގާފައިވާއިރު އެސަރަހައްދަކީ ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތައް ހިނގާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް