ރައީސް ސޯލިހު އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތާއިދެއް ނުކުރައްވާނެ: ރައީސް ނަޝީދު

09 Feb 2019 | 12:44

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ކެނޑިޑޭޓަކަށް ނޫން އެހެން ކެނޑިޑޭޓަކަށް ތާއިދުނުކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރތައް ހަރުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެސް އެމަނިކުފާނުވެސް އެމްޑީޕީ ކެންޑިޑޭޓު ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް ނޭދޭނެކަމަށެވެ. އެނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަ އަކީ ބާތިލް ދޮގު ވާހަކަ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ރައީސް ސޯލިހު އެމްޑީޕީގެ ކެނޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ މެމްބަރުން ކުރައްވަންވީ ކަމަކީ ޕާޓީގެ ޓިކެޓް ލިބިފައިވާ ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ދެއްވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް