މަޤްބޫލު ތަރި ޖެނިފާރ ލޯރެންސް ކައިވެނި ކުރަން ތައްޔާރުވަނީ!

10 Feb 2019 | 07:24

ފާއިތުވި ހަފްތާގައި، މަޝްހޫރު ފިލްމީ ފަންނާނު ޖެނިފާރ ލޯރެންސް މީހަކާ އިންނަން ތައްޔާރުވާކަމުގެ ވާހަކަ މީސް މީޑިއާގައި ދަނީ ހަލުވިކޮށް ފެތުރެމުންނެވެ.

28 އަހަރުގެ ޖެނިފާރ ކައިވެނި ކުރަން ތައްޔާރުވަނީ އާރޓް ގެލެރީއެއް ހިންގަމުންދާ ކުކް މަރޯނީ ނަމަކަށް ކިޔޭ ފިރިހެނަކާއެވެ. ޚަބަރު ފެތުރޭ ގޮތުގައި ކުކް އާއި ޖެނިފާރ ދިމާވެފައިވަނީ ޖެނިފާރ ގެ އެކުވެރިޔާ ލޯރާ ސިމްޕްސަން މެދުވެރިކޮށެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޖެނިފާރ އާއި ކުކް ވަނީ ލޯބީގެ ގޮތުން ގުޅި، އެކަކު އަނެކަކާއި އެކު ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ.

އޮސްކާ އެވޯޑުވެސް ހާސިލްކޮށްފައިވާ ކުޅަދާނަ އެކްޓްރެސް ޖެނިފާރ ކުއްލިއަކަށް ކައިވެނިކުރަން ތައްޔާރުވުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފަކަން ފާހަގަކޮށްލެވެއެވެ.

ޖެނިފާރ އިންނަން އުޅޭ ކުކް އަކީ ނިޔު ޔޯކް ޔުނިވާރސިޓީއިން ތަޢުލީމު ހާސިލްކުރުމަށްފަހު އެ ސިޓީގައި "ގްލޭޑްސްޓޯން އާރޓް ގެލެރީ" ހިންގާ، އޭނާގެ ދާއިރާގައި މަޝްހޫރު އެތައް ފަރާތްތަލެއް ކްލައެންޓުންގެ ގޮތުގައި ގެންގުޅޭ މީހެކެވެ. ކުކް އާއި އެކު ޖެނިފާރ ކުރާނީ އޭނާގެ އަލަތު ކައިވެންޏެވެ. މީގެ ކުރިން ޖެނިފާރ ލޯބީގެ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ ތެރެއިން، އޭނައާއެކު "އެކްސް-މެން" ފިލްމުތަކުގައި މަސައްކަތްކުރި ނިކޮލަސް ހޯލްޓް އަދި ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާރޓިން ފާހަގަކޮށްލެވެއެވެ.

ޖެނިފާރ ވަނީ އެކްޓިންގްގެ ދާއިރާއިން ފާއިތުވި އަހަރު ތަކުގެ ތެރޭ ގިނަ ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ. 2018 ވަނަ އަހަރު ޖެނިފާރ ވަނީ "އެކްސެލެންޓް ކެޑޭވަރ"ގެ ނަމުގައި ޕްރޮޑަކްޝަން ކުންފުންޏެއްވެސް އުފައްދާފައެވެ. އެންމެ އަވަހަށްވެސް ޖެނިފާރ ދެން ފޭނުންނަށް ބޮޑު ސްކްރީނުން ފެނިގެންދާނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "އެކްސް-މެން" ފްރެންޗައިޒް ގެ ފިލްމް "ޑާރކް ފީނިކްސް" އިންނެވެ.

Advertisement

ކޮމެންޓް