Advertisement

ޔުނައިޓެޑް ގަދަ ހަތަރަކަށް، ލިވަޕޫލް އެއްވަނައަށް

10 Feb 2019 | 07:36

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ކުޅުނު މެޗުތައް ފަސޭހަކަމާއެކު އެޓީމުތައް ކާމިޔާބުކޮށްފިއެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ފުލަމްއައި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 3-0 ކުންނެވެ. ޔުނައިޓެޑުގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ޕޮގްބާ (ދެ ލަނޑު) އަދި މާޝިއަލްއެވެ. ޕޮގްބާގެ ލަނޑުތަކާއެކު އޭނާވަނީ މިހާތަނަށް މި ސީޒަނުގައި ލީގުގައި ޖެހި ލަނޑުތަކުގެ އަދަދުވަނީ 11 އަށް އަރާފައެވެ.

މާޝިއަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނުނު ފުރަތަމަ ލަނޑު ޖެހުމަށް ޕޮގްބާއަށް މަގުފަހި ކޮށްދިނީ މާޝިއަލްއެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު މާޝިއަލް ޖެހީ ދަނޑުގެ މެދު ރޮނގާ ހިސާބުން ފެށިގެން ބޯޅަ ހިފައިގެން ގޮހެވެ. ޕޮގްބާގެ ދެވަނަ ލަނޑު އަދި ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޕޮގްބާ ޖެހީ މަޓާއަށް ފުލަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

ކުރިއަށް އޮތް ޗެންޕިއަންސް ލީގު މެޗުގައި ޕީއެސްޖީއައި ދެކޮޅަށް ނުކުތުމުގެ ކުރިން ޔުނައިޓެޑް ކުޅުނު މި މެޗުގައި އެޓީމުގެ ޒުވާން ތަރި ރަޝްފޯޑް، ލިންގާޑް، ޔަންގް، އަދި ސަންޗޭޒްއަށް ރެސްޓް ދިނުމުގެ ގޮތުން މެޗުގެ ފުރަތަމަ އެގާރައިގަ ހިމަނާފައެއް ނުވެއެވެ.

މެޗައި ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗް ޝޯލްޝާ ބުނީ ފުރަތަމަ ދިހަ މިނެޓުގައި އެނާގެ ޓީމް ދެއްކި ކުޅުން މާ ރަނގަޅު ނޫން ކަމަށައި ނަމަވެސް ބާކީ 80 މިނެޓުގައި ފެނުނު ކުޅުމައި ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމުގައެވެ. ރަނގަޅު ފޯމެއްގައި ހުރި ޕޮގްބާއައި ބެހޭގޮތުން ޝޯލްޝާބުނީ އެންމެނަށްވެސް ޕޮގްބާއަކީ މޮޅު ކުޅުންތެރިޔެއްކަން އެނގޭނެ ކަމަށައި ފުލަމްއައި ދެކޮޅަށް އޭނާ ޖެހި ލަނޑު ވަރަށް މޮޅުކަމަށްވެސް ޝޯލްޝާ ބުންޏެވެ. ޔުނައިޓެޑުގެ ކުޅުންތެރިންގެ ކިބައިގަ މޮޅު ކޮލެޓީތަކެއް އެބަހުރި ކަންވެސް އޭނާގެ ވާހަކައިގަ ފާހަގަކޮށްފައިވެއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑްވަނީ ތާވަލުގެ 4 ވަނައަށް އަރާފައެވެ. އެއީ މިވަގުތު ފަސްވަނައިގަ އޮތް ޗެލްސީއަށްވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ. ޔުނައިޓެޑަށް 51 ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އޮތް މެޗުގައި މެންޗެސްޓާ ސިޓީއައި ދެކޮޅަށް ނުކުންނަ ޗެލްސީ ފަސްވަނައިގަ އޮތީ 50 ޕޮއިންޓާއެކީއެވެ.

އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާ ފުލަމް އޮތީ 17 ޕޮއިންޓާއެކީ ތާވަލުގެ ފުލުން ދެވަނައިގައެވެ.

ބޯންމައުތްގެ މައްޗަށް 3-0 ކުން ކުރި ހޯދައިގެން ލިވަޕޫލްވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ޓީމަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވިނަމަވެސް ލިވަޕޫލްވަނީ މުޅި މެޗް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނު ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މާނޭ، ވައިނާލްޑަމް، އަދި ސަލާހްއެވެ. މި މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގަ އޮތީ 65 ޕޮއިންޓް ލިބިގެންނެވެ. ވާދަވެރި ސިޓީ ދެވަނައިގަ އޮތީ 62 ޕޮއިންޓާއެކީއެވެ.

ކުރިއަށް އޮތް ލީގު މެޗުގައި ލިވަޕޫލް ނުކުންނާކީ ޝޯލްޝާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ތަކުރާރުކޮށް ދައްކަމުންދާ ޔުނައިޓެޑައި ދެކޮޅަށެވެ.

ރޭ ހަޑަސްފީލްޑްގެ މައްޗައް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާ އާސެނަލްވަނީ ގަދަ ހަތަރަކަށް އެރުމަށް ކުރާ އުންމީދު އައު ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement