ބޭލްގެ ސަތޭކަވަނަ ލަނޑާއެކު މެޑްރިޑްގެ ގަދަ ދެ ބާރުގެ ކުރިމަތިލުން ރެއާލް ކާމިޔާބުކޮށްފި

10 Feb 2019 | 07:12

މެޑްރިޑްގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް 3-1 ކުން ރެއާލް ކާމިޔާބުކޮށްފިއެވެ.

ރެއާލް ހޯދި މި މޮޅާއެކު އެޓީމްވަނީ އެޓްލެޓިކޯ މެޑްރިޑް ތިންވަނައަށް ވައްޓާލުމަށްފަހު ތާވަލުގެ ދެވަނަ މަގާމް އަތުލާފައެވެ.

ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ޖަހާ ކަސެމީރޯ ރެއާލްއަށް ލީޑް ނަގައިދިންއިރު ގްރިޒްމަންވަނީ އޭގެ އިރުކޮޅެއް ފަހުން އެޓްލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ރެއާލްއަށް ކުރި ލިބުނީ ވިންސިއަސްއަށް ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރެއާލްގެ ފަރާތުން ޑޮމިނޭޓިންގ ފުޓްބޯޅައެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބޭލްއެވެ. ބޭލްގެ މި ލަނޑަކީ އޭނާ ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

މި މެޗުގައި ފާހަގަވެގެން ދިޔަ އަނެއްކަމަކީ ކުރިން އެޓްލެޓިކޯއަށް ކުޅުނު އަދި މިހާރުގެ ރެއާލްގެ ކީޕަރު ކޯޓުއާއަށް އެޓްލެޓީކޯ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ފުރައްސާރައެވެ. އެޓްލެޓިކޯއަށް ކުޅުމަށްފަހު ވާދަވެރި ރެއާލްއަށް ބަދަލުވި ކޯޓުއާ މިކަމައި ގުޅޭ ގޮތުންބުނީ އޭނާއަށް ކުރާ ފުރައްސާރައިގެ ސަބަބުން އެނާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށައި އެކަހަލަ ކަންކަމުން ލިބެނީ އިތުރު ހިތްވަރެއް ކަމުގަ ކަމަށެވެ.

މި ނަތީޖާއަށްފަހު ރެއާލް ތާވަލުގެ ދެވަނައަށް އަރާފައިވަނީ 45 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް ޕޮއިންޓް މަދުން ލިބިގެން އެޓްލެޓިކޯ އޮތީ ތިންވަނައިގައެވެ. ބާސެލޯނާ ލީގް ތާވަލުގެ އެއްވަނައިގަ އޮތީ 50 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް