Advertisement

އެސްޓީއޯގެ ހޮޓެލް ގަތުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި

10 Feb 2019 | 14:13

އެސްޓީއޯގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުންދިޔަ ހޮޓެލް ގަތުމަށް ނުވަތަ އެތަނަށް އިންވެސްޓްކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ ފަރާތުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދެވެ.

އަމްރު ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ފާޅުކުރީ 10 ކުންފުންޏަކުންކަމަށެވެ. ނަމަވެސް، ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރްއެފްޕީ)ގެ ޕްރޮސެސްގެ ތެރޭގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުށަހެޅީ ފަސް ކުންފުންޏަކުން ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ ފަރާތްތަކާ އެކު މައުލޫމާތުތައް ހިއްސާކޮށް ވާހަކަދައްކަމުންދާކަމަށް އަމްރު ހާމަކުރެއްވިއެވެ.

އެތަނަށް ބިޑްކުރުމަށް މިއަހަރުގެ މާޗްމަހުގައި ހުޅުވާލާއިރު، ބިޑްކުރުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ޝައުގުވެރިކަން ފާޅުކޮށް، އާރްއެފްޕީ ހުށައެޅި ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement