Advertisement

މެންޗެސްޓަރ ސިޓީއަށް ހަނި މޮޅެއް

03 Oct 2018 | 07:11

ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީ ހޮފެންހައިމްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ ދެ ލަނޑު އެއް ލަނޑުގެ ހަނި ނަތީޖާއަކުންނެވެ. 

ސިޓީ ރަށުން ބޭރުގައި ހޮފެންހައިމްއާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ޖަހައި މެޗުގެ ކުރި ހޯދާފައިވަނީ ހޮފެންހައިމްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝަކް ބެލްފޮޑިލްއެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ސާޖިއޯ އަގުއޭރޯވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ސިޓީއަށް ކާމިޔާބުކޮށްދިނީ ޑާވިޑް ސިލްވާއެވެ.

ސިޓީ އޮތް ގުރޫޕް އެފްގައި ކުޅުނު އަނެއް މެޗުން ލިޔޯން އަދި ޝަކްތާ ޑޮނެސްޓްވީ ދެ ލަނޑު ދެ ލަނޑުން އެއްވަރެވެ. މި މެޗުގައި ލިޔޯންގެ ލަނޑުތައް ޖަހައިދީފައިވަނީ މޫސާ ޑެންބެލޭ އަދި ލިއޯ ޑޫބިއަސްއެވެ. ޝަކްތާގެ ދެ ލަނޑުވެސް ކާމިޔާބުކޮށް ދިނީ ޖޫނިއާ މޮރައެސްއެވެ.

މި ގުރޫޕުގެ އެއްވަނައިގަ ލިޔޯން އޮތްއިރު ސިޓީ އޮތީ ދެވަނާއިގައެވެ. 

Advertisement

ކޮމެންޓް