އެޕްރީލް މަހުން ފެށިގެން މުޅި ރާއްޖޭގައި ކާޑުގެ އަގުތައް އެއްވަރަކަށް!

10 Feb 2019 | 13:56

އަންނަ އެޕްރީލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ވިއްކަމުންދާނީ އެއްއަގަކަށްކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މާލެއާ އެއް އަގެއްގައި ރަށްރަށުން ކާޑު ގަންނަން ލިބޭނެ އުސޫލެއް ކަނޑައަޅައި، ކޮންމެ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް ވިއްކާނެ އެޖެންޓެއް ހޯދަން އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން އޭޖެންޓުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރަށްރަށުގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަތައް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

ކާޑު އުފުލުމަށް ނަގާ ނާލު ދެއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ ފަރާތުންނެވެ.

އަމްރު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ކާޑުގެ ބާވަތްތަކުން ނަގާ ނާލު، ބޮޑުވެގެން ކާޑުގެ އަގު ބޮޑުވާކަމަށް ބުނުމުގެ ފުރުސަތު ނުދިނުމަށްކަމަށެވެ.

Advertisement

ކޮމެންޓް