ހޮންގްކޮންގް އެއަރލައިންސްގެ ފްލައިޓެއް އިމަރޖެންސީގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައި، އެއަރޕޯޓް ބަންދުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެއަރޕޯޓް ބަންދުކޮށްފައިވަނީ މި ފްލައިޓް ޖެއްސި ވަގުތުގައި ހިނގައިދިޔަ ހައިޑްރޯލިކް ލީކްއަކާއި ގުޅިގެންނެވެ.
މި ފްލައިޓް ޖެއްސުމާއި އެކު އެއަރޕޯޓު ކުއްލި ހާލަަތަށް ގެނެވުނު އިރު، އައިޖީއެމްއެޗް ހޮސްޕިޓަލްވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ވަނީ އެނގިފައެވެ.
މި ހާދިސާއާއި ގުޅިގެން ރަންވޭ ވަނީ ބަންދުކުރެވި، ބައެއް ފްލައިޓްތައް ޑައިވާޓްކުރެވިފައެވެ.
ތެޔޮ ލީކްއާއި އެކު ޖައްސާފައިވަނީ ހޮންގްކޮންގް އެއަރލައިންސްގެ ފްލައިޓް އެޗްއެކްސް 791 އެވެ.