އިންޑިއާގައި ދެއްކެވި ވާހަކަޔާއި ގުޅިގެން މިނިސްޓަރ މާރިޔާ މަޖިލީހަށް ހާޒިރުކުރަނީ

11 Feb 2019 | 08:16

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މާދަމާ މަޖިލީހަށް ހާޒިރުކުރުމަށް މާދަމާ ހުށަހަޅާނެކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރ މާރިޔާ ހާޒިރުކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރައްވައިގެން މާރިޔާ އިންޑިއާ އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު، އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި އިންޑިއާއިން ބޭނުންވެއްޖެ ހިދެއްގައި ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި ސަބަބާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށްކަމަށެވެ.

އަދި އެކަމަނާ ދެއްވާ ޖަވާބަކުން އެކަމަނާގެ އިތުބާރު ނެތްކަމަށް ވޯޓް ނެގުމަށް ނިންމާފައިވާކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

މަރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭ ހިފާނެ ކަމުގެ އިންޓަންޝަން އިންޑިއާގެ ނެތްކަމުގައިވި ނަމަވެސް އިންޑިއާއިން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ހިފިދާނެކަމަށެވެ. އަދި ރާއްޖޭގައި ހުރި ވަސީލަތްތަކާއި އެކު ރާއްޖެއިން އިންޑިއާ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ އެ ވާހަކަޔާއި ގުޅިގެން ގިނަ ބައެއް ނުރުހުން ވަނީ އޭނައަށް އަމާޒުވެފައެވެ. އަދި ރާއްޖެ އިންޑިއާގެ އަތް ދަށަށް ގެންދިއުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލާފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement