Advertisement

ފްލެޓް ފޯމް ކިޔުއަށް ސަރުކާރުން ނިމުން ގެނެސްފި

11 Feb 2019 | 22:37

ސަރުކާރުން ހިންގާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ކުރިމަތިލުމަށްޓަކައި އޮންލައިން ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ.

ހިޔާވެހި ނަމުގައި ގާއިމްކޮށްފައިވާ މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހައުސިންގް މިނިސްޓަރ އާމިނަތު އާތިފާއެވެ.

އެ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ، ސްކީމްތައް އައުމާއެކު އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ސްކީމަށް އެޕްލައި ކުރުުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

"މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ހުންނަވައިގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދިވަޑައިގެންނެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

މި ޕޯޓަލްއަކީ ބޯހިޔާވަހިކަމަށް ކުރިމަތިލާ ރައްޔިތުންނަށް ލިބުނު ވަރަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.

Advertisement

ކޮމެންޓް