ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަމުގައިވާ ތިލަފުށީގައި ހަދާ ބައިނަލްއަގްވާމީ ބަނދަރުގެ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީކުރުުމުގެ މަޝްރޫއުގެ މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ކުރިމަތިލެވެނީ ހަމައެކަނި ބޭރުގެ ކުންފުނިތަކަށެވެ. އަދި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައިވެސް މިކަމަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވަނީ ބުނެފައެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރި އެވެ.