އާލިއާ ބަޓް އަދިވެސް ކުރީގެ ލޯބިވެރިޔާއެކު މަސައްކަތްކުރަން ޖެހިލުންވޭބާ؟

11 Feb 2019 | 20:29

ގިނަ ފަހަރަށް ކުރީގެ ލޯބިވެރިޔަކަށް، ރައްޓެއްސެއްގެ ސިފައިގައި ދިރިއުޅުމުން ޖާގަ ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން ދާދި ފަހުން ބޮލީވުޑް އެކްޓާރ ސިދާރތް މަލޯތްރާ "ކޮފީ ވިތް ކަރަން" ޝޯގައި ވަނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަލިއާ ބާޓް އާއި ރުޅިވިފަހުން އެއްވެސް ވަރަކަށް ބައްދަލުނުކުރާކަމަށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ބެލެވޭ ގޮތުގައި ޒުވާން ބަތަލާ އާލިއާ އަދިވެސް ދަނީ، ރޫޅުނު ގުޅުމުގެ ސަބަބުން އޭނާގެ ކުރީގެ ލޯބިވެރިޔާ ސިދާރތް އާ އެކު މަސައްކަތްކުރަން ޖެހިލުންވަމުންނެވެ. އަދި މިހާރު އާލިއާ ރައްޓެހިވެގެން އުޅެނީ، މަޤްބޫލް ފަންނާނު ރިޝީ ކަޕޫރުގެ ދަރި އެކްޓާރ ރަންވީރް ކަޕޫރް އާއި އެކުކަން ފާހަގަކޮށްލެވެއެވެ.

"ކޮފީ ވިތް ކަރަން" ޝޯގެ ހޯސްޓް އަދި ޑިރެކްޓާރ ކަރަން ޖޯހަރް އަކީ 2012 ވަނަ އަހަރު އާލިއާ ބަޓް، ސިދާރތް މަލޯތްރާ އަދި ވަރުން ދަވަން "ސްޓޫޑަނޓް އޮފް ދި އިޔާރ" ފިލްމުން ބޮލީވޫޑަށް ތަޢާރަފްކޮށްދިން ޑައިރެކްޓަރެވެ. އަދި އޭނާ "ސްޓޫޑަންޓް އޮފް ދަ އިޔާރ"ގެ ދެވަނަ ފިލްމު ރިލީޒް ކުރުމުގެ ތައްޔާރުވާ މި ދަނޑިވަޅުގައި، އާލިއާ ބާޓް ސިދާރތް އާއި އެކު މަސައްކަތް ކުރަން ޖެހިލުންވާކަން ގިނަ ފޭނުންނަށް ވަނީ ފާހަގަކުރެވިފައެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާރ 2" އިން ފެނިގެންދާނީ އާ މޫނުތަކެކެވެ. އެހެންނަމަވެސް ޑައިރެކްޓާރ ކަރަން ޖޯހަރް މަސައްކަތްކުރަމުންދަނީ ފިލްމުގެ ފުރަތަމަ ބައިން އޭނާ ތަޢާރަފްކޮށްދިން ތަރިން ދެވަނަ ފިލްމުންވެސް ދައްކުވައިލެވޭތޯއެވެ.

ސިދާރތް ވަނީ އާލިއާ އާއި އެކު އަދިވެސް މަސައްކަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި މެދު އާލިއާގެ ވިސްނުން އަދިވެސް ބަދަލު ނުވާކަން ފާހަގަކުރެވެއެވެ.

ސިދާރތް މަލޯތްރާ ޖެނަވަރީ މަހު 25 ވަނަ ދުވަހު ބޭއްވުނު އޭނާގެ އުފަންދުވަހުގެ ޕާޓީއަށް އާލިއާ އަދި ރަންވީރް ކަޕޫރަށް ދައުވަތު ދިނުމުން އެމީހުން ވަނީ އެ ދައުވަތު އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް