"އެމަޒޮން" ކުންފުނީގެ ލާރި އަމިއްލައަށް ދުވާ ކާރެއް އުފައްދަން!

12 Feb 2019 | 06:29

އިންސާނީ އެހީ އާއި ނުލާ އަމިއްލައަށް ދުުވާ ކާރެއް ފަރުމާކުރުމަށް މަސައްކަތްކުރަމުން އަންނަ "އަރޯރާ" އިން ވަނީ "އެމަޒޮން" ކުންފުނިން 500 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ފަންޑުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މިހާތަނަށް އެމަޒޮން ކުންފުނިން އެއްގަމު އުޅަނދުތައް އުފެއްދުމުގެ ތެރެއަށް ވަނުމަށް ކުރި އެންމެ ބޮޑު ޚަރަދުވެސް މެއެވެ. އެމަޒޮން ކުންފުންޏަކީ އޮންލައިން ޝޮޕިންގް ގެ ދާއިރާއިން މިހާރު މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ވިޔަފާރިއެވެ.

ރޮބޮޓިކްސް ގެ މާހިރުންތަކެއް އިސްވެ ހިންގާ އަރޯރާ ކުންފުނިން ދަނީ، އެމަޒޮން ކުންފުނިން ފަންޑިންގް ހޯދުމަށްފަހު ގިނަ އަދަދެއްގެ ތިމާވެށްޓާ ރަށްޓެހި ލުއި ފުރޮޅުލީ އުޅަނދުތަކެއް އުފެއްދުމަށް ތައްޔާރުވަމުންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖްލީސްތަކުގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ތިމާވެށީގެ ވާހަކަ ކަމަށް ވާއިރު އުޅަނދުތައް އުފެއްދުމުގައި އަރޯރާ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ އެހީއަކާއި ނުލާ ދުއްވޭނެފަދަ، ތިމާވެށްޓަށް ލުއި އުޅަނދުތަކެއް އުފެއްދުމަށް ކަމަށް ބެލެވެއެވެ.

އަރޯރާ ގެ އުފެއްދުންތެރުންނަށް އެމަޒޮން ގެ އިތިރުން، ކެލިފޯނިއާގެ ސިލިކަން ވެލީގެ ކުންފުންޏެއްކަމަށްވާ ސީކުއޯއިއާ ކެޕިޓަލްއިން ވަނީ ފަންޑިންގް ގޮތުގައި ޖުމްލަ 530 މިލިއަން ޑޮލަރު ޔަޤީންކުރެވިފައެވެ. އަރޯރާ ކުންފުންޏަކީ، "އޫބާރ" އަދި "ޓެސްލާ" ކުންފުނީގެ ކުރީގެ މުވައްޒިފުން އިސްވެ ހިންގާ ޕްރޮޖެކްޓެކެވެ. އަދި އަރޯރާ އަކީ، މަޝްހޫރު އެންޖިނިއާރ އީލޮން މަސްކް ގެ "ޓެސްލާ" އާއި އެކު މިހާރު މުޅި ދުނިޔޭގައިވެސް އޮޓޮނޮމަސް ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ ވިޔަފާރިއެކެވެ.

Advertisement

ކޮމެންޓް