''ކަލަރ ޔޯ ވޯލްޑް'' ގެ ނަމުގައި އެސްޓީއޯއިން ނިޕޯން ޕެއިންޓްގެ ޕްރޮމޯޝަނެއް ފަށައިފި

03 Oct 2018 | 10:17

''ކަލަރ ޔޯ ވޯލްޑް'' ގެ ނަމުގައި އެސްޓީއޯއިން ނިޕޯން ޕެއިންޓްގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ހިނގަމުންދަނީ މި ހިނގާ އޮކްޓޫބަރުގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވެމެންޓްގައެވެ.

މި ޕްރޮމޯޝަނުގައި 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށާއި 1000 ރުފިޔާއަށްވުރެ މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް ކުލަލުމާއި ގުޅޭ އެކި ސާމާނު ހިލޭ ލިބިގެން ދާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން 5000 ރުފިޔާއަށްވުރެ މަތިން ކުރާ ވިޔަފާރިތަކައް ހާއްސަ އިނާމުތަކެއް ދިނުމަށްވެސް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެއްވަނައަށް ހޮވޭ ފަރާތަކަށް 35،000 ރުފިޔާގެ އިލެކްޓްރޯނިކް މުދާ ލިބޭ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ދެވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާގެ ހޯމް އެޕްލައަންސަސް ލިބޭ އިރު ތިންވަނައަށް ހޮވޭ ފަރާތަކަށް ގިލި ލަންކަންފުށި ރިސޯޓުގައި ދެ ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

Advertisement

ކޮމެންޓް

Advertisement