ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެ

03 Oct 2018 | 10:26

ސިނަމާލެ ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައި އެކަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާދައިވަނީ ރޭ ދަންވަރު 1:30 ހާއިރުކަމަށް މައުލޫމާތުލިބެއެވެ.

މި އެކްސިޓެންޑްގައި ވަނީ ޕިކަޕެއް ފަހަތައް ކާރެއް އަރާފައެވެ. އަނިޔާ ލިބިފައިވަނީ ކާރު ދުއްވަން އިން މީހާއަށެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރުގެ ކުރީކޮޅު އެއްކޮށްވަނީ ހަލާކުވެފަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ސިނަމާލެ ބްރިޖް އަކީ ބާރު މާލެ ސަރަހައްދުގައި ދުއްވާ ސްޕީޑައް ވުރެ ބާރަށް ދުއްވަން ޖެހޭ ތަނަކަށް ވުމުން ބްރިޖް އަދި ހައިވޭގެ ޤަވާއިދުތަކާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފޮލިހުން ވަނީ މީގެ ކުރިންވެސް އިލްތިމާސް ކުރައްވާފައެވެ.


Advertisement

ކޮމެންޓް

Advertisement