Advertisement

ޕްރިޔަންކާ އަދިވެސް އޭނާގެ ފިރިމީހާ ނިކް ޖޯނަސް ދެނެގަތުމުގަ!

22 Feb 2019 | 16:02

އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަދި ބޮލީވުޑްގެ އެންމެ އަލިގަދަ އެއް ތަރި ޕްރިޔަންކާ ޗޯޕްރާ ކައިވެނިކޮށްފައިވަނީ، ލޯބީގެ ގުޅުމަކުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސްތަކެއް ނުވަީސްއެވެ. އެހެންކަމުން، ކައިވެންޏަށް ފަހުވެސް މި ިދެމަފފިރިން އެކަކު އަނެކަކާއި ބެހޭ ގޮތުން ދަސްކުރަންޖެހޭ އާ ކަންތައްތަކެއް ހުރުން އެކަށީގެންވެއެވެ.

ކައިވެނި ކުރުމުގެ ފަހުން ނޫސްވެރިންނަށް ދިން އިންޓަރވިޔުއެއްގައި ޕްރިޔަންކާ ވަނީ، ނިކް އާއި އެކު ޒަވާޖީ ޙަޔާތެއް ފެށުމަކީ ޖަދުއީ ކަމެއްގެ ގޮތުގައި ސިފަކޮށް، އެދެމީހުންގެ ދިރިއުޅުމަށް އަލި އަޅުވާލާފައެވެ.

ފިލްމް "އިސްންޓް އިޓް ރޮމޭންޓިކް" ގައި ޙަރަކާތްތެރިވާ ޕްރިޔަންކާ، އެ ފިލްމުގެ ރެޑް ކާރޕެޓް ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ކައިވެނި ކުުރުމަށްފަހު އޭނަ އާއި ނިކް ދެމެދު މާ ބޮޑު ބަދަލުތަކެއް ނާދޭކަމަށެވެ.

ރަށްޓެހިވެގެން އުޅުނު ދުވަސްކޮޅުވެސް ކުޑަކަމުން، ޕްރިޔަންކާ ޤަބޫލުކުރާގޮތުގައި މިހާރު އެ ދެމީހުން އެ ވަގުތު ހޭދަކުރަނީ ރަނގަޅަށް އެކަކު އަނެކަކު ދެނެގަތުމުގައެވެ. އޭނާ ބުނީ ކޮންމެ ދުވަހަކީވެސް އާ ދުވަހެއްކަން މިހާރު އިހުސާސްކުރެވޭކަމާއި، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ކަމެއް ދަސްވާކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން އާއިލާ ބޮޑުކޮށް، ދަރިން ހޯދުމަށްވެސް މި ދެ ތަރިން ޚިޔާލުކުރާކަމަށް އޭނާ ފާހަގަކުރިއެވެ.

މި ދެމަފިރިން ކައިވެނި ކޮށްފައިވަނީ އެކުގައި 6 މަސް ދުވަސް އެކީ ހޭދަކުރުމަށްފަހު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެވެ.

Advertisement

ކޮމެންޓް