ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

03 Oct 2018 | 15:29

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮންގްރެސް ބާއްވާފައިވަނީ ފުރިހަމަކުރަންޖެހޭ އިޖްރާތު ތައް ފުރިހަމަނުކޮށްކަމަށް ކޮންގްރެސްގެ ނިންމުންތަކާއިގުޅޭގޮތުން ހުށަހެޅި ލިޔެ ކިއުންތަކުން އެގޭކަމަށެވެ. 

ފުރިހަމަ ނުކޮށްވަނީ ކޮން އިޖްރާތުތަކެއްކަމެއް ހާމަކޮށްފައި ނުވެއެވެ.

އިޖްރާތުތައް ފުރިހަމަނުވާކަމަށް ކޮމިޝަނުން ނިންމާފައިވަނީ ކޮންގްރެސް ބާއްވަން އުޅުނުއިރު އެކަން ހުއްޓުވުމަށް އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ކޮމިޝަނަށް ހުށަހެޅުމުން ކޮންގްރެސް ހުއްޓުވަންޖެހޭ ސަބެއް ނެތްކަމަށް ނިންމައި އެކަން ހާމަކުރުމަށްފަހުއެވެ. 

އަދި ކޮމިޝަންގެ ނިންމުން މިއައީ އެކޮމިޝަނުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށްބުނެ ޕީޕީއެމުން މާލޭގައި އިހްތިޖާޖްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. 

މި އިހްތިޖާޖްގެތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ހައްޔަރުކުރުމަށްވެސް ޕީޕީއެމްއަސް ތާއީދުކުރާ މީހުން ގޮވާލައެވެ.

Advertisement

ކޮމެންޓް