ހޮސްޕިޓަލް މެނޭޖަރުންނަށް ފޯރަމްއެއް ބާއްވައިފި

13 Feb 2019 | 14:20

ރާއްޖޭގެ ހޮސްޕިޓަލްތަކުގެ މެނޭޖަރުންނަށް ޚާއްސަ ފޯރަމްއެއް ބާއްވައިފިއެވެ.

"ހޮސްޕިޓަލް މެނޭޖާސް ފޯރަމް އޮން ހެލްތް ކެއާ ޗެލެންޖެސް" ނަމުގައި ބޭއްވި މި ފޯރަމްގެ ބޭނުމަކީ ސަރުކާރުގެ ސިއްހީ ސިޔާސަތަށް އަހުކުވެރިކޮށް ސިއްހީ ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ފޯރަމްގައި ހޮސްޕިޓަލްތަކުގެ މެނޭޖަރުން ވަނީ އެ ހޮސްޕިޓަލްތައް ހިންގުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ފާހަގަކޮށް ކަމާގުޅުން ހުރި ފަރާތްތަކަށް ހިއްސާކޮށްފައެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޯރަމްގައި ސިއްހީ ދާއިރާގެ 100 ދުވަހުގެ ވައުދުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެވުނު ކަމަށެވެ. އަދި ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް ރޭވިފައިވާ މުހިއްމު މަސައްކަތްތައް ރައީސް އޮފީހުގެ ފަރާތުންވެސް ހިއްސާކުރިއެވެ.

އެ ފޯރަމަކީ ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

Advertisement

ކޮމެންޓް